ދާދި ފަހުން އެމެރިކާގައި ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޮއިޑް، ފުލުހަކު މަރާލުމާއި ގުޅިގެން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތައް ކުރަމުން އަންނައިރު، މީހުންނަށާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާލުމަށް ޖޯޖް ފްލޮއިޑްގެ ބޭބެ ގޮވާލާފައިފިއެވެ.

ޖޯޖްގެ ބޭބެ ކަމުގައިވާ ޓެރަންސް ފްލޮއިޑް ބުނެފައި ވަނީ މުޅި އެމެރިކާގައި މުޒާހަރާގެ ނަމުގައި މީހުންގެ ފިހާރަތައް ލޫޓުކޮށް، އާއްމުންނާއި ފުލުހުންގެ ވެހިކަލްތަކުގައި. ހުޅު ޖެހުން ހުއްޓާލަން ޖެހޭ ކަމަށާއި، އެއިން އެއްވެސް ކަމެއް ކޮށްގެން ވެސް، އޭނާގެ ކޮއްކޮ އަނބުރައި މި ދުނިޔެ އަށް ނުގެނެވޭނެ ކަމަށެވެ.

” ތިކުރާ އެއްވެސް ކަމަކުން ޖޯޖް އަނބުރައެއް ނުގެނެވޭނެ. ތިކަންކަން ކުރާއިރު މިވަގުތަށް ހިތްހަމަޖެހުމެއް ލިބިދާނެ. އެކަމަކު މަސްތުވާތަކެއްޗެކޭ އެއްފަދައިން މިކަމުގައިވެސް ފަހުން މިކަމަށް ބަލާފަ ހިތަށް އަރާނެ ތިމަންނަ މެންނަަށް މި ކުރެވުނީ ކީއް ބާވައޭ“ ޓެރަންސް ބުނެފައިވެއެވެ.

އެމެރިކާގައި މިހާރު އެންމެ ގަދައަށް މުޒާހަރާތައް ކުރަމުން އަންނަނީ ފްލޮއިޑް މަރާލި މިނިއާޕޮލިސްގަ އާއި އެ ގައުމުގެ ކެލިފޯނިއާގައެވެ. މީގެ އިތުރުންވެސް އެހެން ސިޓީތަކުގައިވެސް އެތައް އާއްމު ރައްޔިތުންނެއް ދަނީ މަގުތައް މައްޗައް ނިކުމެ ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ގޮވާލައި، ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ފްލޮއިޑްގެ އެއްވެސް ކުށަކާއި ނުލައި އޭނާ ހައްޔަރުކޮށް، ބިންމަތީ ބާއްވައި 8 މިނެޓު ވަންދެން ފުލުހަކު ވަނީ ފްލޮއިޑްގެ ކަރު މަތީގައި ކަކޫ އަޅައިގެން އޮވެފައެވެ. މިއާއިއެކު ފްލޮއިޑް ނޭވާ ނުލެވޭކަމަަށް 15 ފަހަރެއްގެ މަތިން ބުނި ނަަމަވެސް ފުލުސް މީހާ އޭނާގެ ކަކޫ ނެގީ ފްލޮއިޑްގެ ހަށިގަނޑުން ހަރަކާތްވެސް ހުއްޓުނުތާ 3 މިނެޓު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޏNd

  ބަލަ އެހެން ނު ވަނި މަސްހުރު ފިހަރަތައް ލުޓުވަ ވިޔަފަރިތަކައް ގެލުން ދި އެކަމަ ނުގުޅެެކަންކަން މުސަހަރަ ކުރަފަރައްޔް ތަކުން ކުރަނި ަަަަަަަަަަަަަަންްްްް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  5
  1
 2. ދިޔާ

  ޓްވިންޓަވަރ ގޮއްވާލުމުން އަފްޣާނިސްތާން ތަޅާއި ސުއްނާފަތި ކުރީމާ ޓަވަރު ހެދުނުތަ ؟
  ބޭބެ މަޑުންހުރޭ

  11