އިނގިރޭސިވިލާތުގައި މަސްތުވާތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި އުމުރުން އެންމެ 7 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފިއެެވެ.

މިއީ އެގައުމުގެ ތާރީޙުގައިވެސް މަސްތުވާތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންމެ ކުޑަ ކުއްޖާއެވެ. ނަމަވެސް އެ ގައުމުގައި ކުށްތަކަށް ޒިންމާ ނަގަން ޖެހޭ އުމުރަކީ 10 އެއް ކަމުން އެ ކުޑަކުއްޖާގެ މައްޗައް ދައުވާ އެއް ނުކުރެވޭނެއެެވެ.

މިފަހަކަށް އައިސް އެގައުމުގައި ކުޑަކުދިން ލައްވައި މަސްތުވާތަކެތި ވިއްކަމުން އަންނަ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް އެ ގައުމުގައި 17 އަހަރުން ދަށުގެ 2،380 ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ އުމުރުން 12 އަހަރާއި 13 އަހަރުގެ ކުދިންނެވެ. އަދި އެ ކުދިންގެ އަތުން ގިނައިން އަތުލައިގެންފައި ވަނީވެސް ކްލާސް އޭގެ ޑްރަގްތަކެވެ. އެއީ އެންމެ ނުރައްކާތެރި ޑްރަގްތައް ކަމުގައިވާ ހެރޮއިން އާއި ކޮކެއިން ފަދަ ޑްރަގްތަކެވެ.

މި ކުދިންނަކީ ގޭންގުތަކުން ބޭނުން ކުރާ ކުދިންނެވެ. ޅަ އުމުރަކުން ފަށައިގެން އެ ކުދިން ބޮލަށް އެރިގެން ގޭންގުތަކުން އެ ކުދިން ބޭނުން ކުރަނީ އެމީހުން ހައްޔަރުވުމުން ސަލާމަތް ވުމަށެވެ.

އެ ގައުމުގައި މިހާރު ކުޑަކުދިން ލައްވައި މިފަދަ ކުށްތައް ކުރުވާ މީހުންނަށް އެހެން ކުށްތަކަށް ވުރެން ބޮޑު އަދަބެއް ދިނުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެކްޓް

    ހޭ ބަލިވެފަ ތިބި ބަޔަކު ތިބީތީ އެއްނު 17 އަހަރު މީހުންނަށް ކުޑަކުދިްނނޭ ކިޔަނީ!!!
    ކުޑަކުދިންނޯ!އއކަމަކު ނޭނގޭކަށް ކަމެއް ނުހުންނާނެ! މާދަން މީހަކާ އިނަސް ކުދިން ލިބޭނެ