މޫސުން ބަދަލުވެގެން އަންނަ ދުވަސްވަރާއި ދިމާކޮށް އާލާވާ މަދިރިއަކީ އޭގެ ޒާތުގައި ނުރައްކާތެރި ގިނަ ބަލިތަކެއް އިންސާނުންނަށް ޖައްސާ އެއްޗެކެވެ. އޭގެ ތެރޭގައި ޒިކަ ވައިރަސް، މެލޭރިއާ، ޑެންގީ، ޗިކަންގުންޔާ ފަދަ ބަލިތައް ހިމެނެއެވެ.

މަދިރީގެ ސަބަބުން މިފަދަ ގިނަ ބަލިތަކެއް ފެތުރޭތީ ގިނަ ބައެއްގެ ކަންބޮޑުވުން މިހާރު އަމާޒުވެފައިވަނީ އޭގެ ސަބަބުން ނުރައްކާތެރި ކޮވިޑް-19 ފެތުރިދާނެތީއެވެ.

ގިނަ ބަޔެއްގެ ކަންބޮޑުވުމާއި ސުވާލުތައް މިކަމާ ގުޅިގެން ލިބިފައިވާތީ، އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗާ ޕްރޯޕަބްލިކާއިން ވަނީ މިކަން ދިރާސާ ކުރުމަށް ފަށައިފައެވެ.

އުފާވެރި ހަބަރަކީ މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ކަމުގެ މާހިރު ބުނުމެވެ.

އައިކޮން ހެލްތްގެ މެނޭޖިންގެ ޑިރެކްޓަރު، ލީން ޕޮސްޓަން ބުނީ، މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރުން އެއީ ވަރަށް ނާދިރު ކަމެއް ކަމަށާއި އެކަން ނާދިރު ކަމަކަށް ވެފައިވަނީ މި ބައްޔަކީ ނޭވާލާ އިރު ބޭރުވާ ކުދި ޖަރާސީމާއި އަނގައިން ބޭރުވާ ކުޅު ނުވަތަ ލޮލަށް ނުފެންނަށް ޖަރާސީމުގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވީމަ ކަމަށެވެ.

"މަދިރިއަށް މި ބަލި އިންސާނުންނަށް ފެތުރުމަށް ކޮވިޑް-19 ވާން ޖެހޭނީ އިންސާނުންގެ ލޭގައި ހިމެނޭ އެއްޗަކަށް. އެކަމަކު މި ބައްޔަކީ ލޭގައި ހުންނަ އެއްޗެއް ނޫން" ލީން ބުންޏެވެ.

ލީން އެގޮތަށް ބުނެފައިވާ އިރު، އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ވަނީ މިކަމަށް އެއްބަސްވެފައެވެ. އެ ފަރާތްތަކުން ބުނީ މިހާތަނަށް މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ދިރާސާތައް ގިނަ ބަޔަކު ހަދަމުން އަންނައިރު، މިހާރު ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމަކީ ގައިދުރުކަން އިސްކޮށް، އަތް ދޮވެ، މަދިރިއާއި މެދު ޝައްކު އުފެދޭ ނަމަ އޭގެ ކިބައިން ސަލާމަތްވުމަށް ބޭނުން ކުރާ ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ކޮވިޑްޖެހިފައިވާ މީހެއްގެ ގައިން ޖަރާސީމް ވާސިލުވީ ކޮންމެވެސް ތަނެއްގަ ހުރި ލޭކ ކޮޅަ ކަށް ދެން އެލޭ ކޮޅު ޖަރާސީމް އާ އެ ކު މަދިރީގެ ގޮ
    ހޮނޑުން ދަމާލައިގެން ގޮސް މީހެއްގެ ގައިން ލޭބޯން އުޅޭ އިރު އެބަލި މީހަ ކަށް ވާސިލު ވެދާނެ.