ކޮވިޑް-19 ގެ ބިރުވެރިކަމުން ގައުމުތައް މިއުޅެނީ މިންޖު ނުވެވިގެންނެވެ. ބައެއް ގައުމުތަކުން ކުރިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ހަފްތާގެ ކޮންމެވެސް އެއް ދުވަހަކީ މި ބަލީގައި މީހުން މަރުވާ ނިސްބަތް ގިނަ ނުވަތަ ފައްސިވުން ގިނަވާ ދުވަހެކެވެ.

އަވަށްޓެރި އިންޑިއާއަކީ މި ސަރަހައްދުން އެންމެ ބޮޑަށް މިބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެގައުމުންވެސް މަސައްކަތް ކުރަމުން އަންނަނީ މިބަލިން މިންޖުވުމަށެވެ. އެގޮތުން ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ވަނީ ލުޔެއް ދީފައެވެ. އެހެން ނަމަވެސް މިކަމުން މިންޖު ނުވެވި އުޅެނިކޮށް އަނެއްކާވެސް އެ ގައުމަށް މިވަނީ އިތުރު ތަކުލީފެއް އުފުލަން ޖެހިފައެވެ.

މީގެ 2 ހަފްތާ ކުރިން އަރާފައިވާ ތޫފާން "އާމްފަން" ގެ ސަބަބުން އެންމެ ބޮޑު ގެއްލުން ތަކެއް ލިބިފައިވަނީ އިންޑިއާއަށެވެ. އެގޮތުން މީހުން ދިރިއުޅުން އައި އެތަކެއް ސަތޭކަ ގެތަކެއް ބިމާއި ހަމައަށް ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މީގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ މީހުން ހިމެނެއެވެ. މި ތޫފާނުގެ އަސަރު އިންޑިއާގެ އިތުރުން ބަންގްލަދޭޝް އޮޑިޝާ، ސްރީލަންކާ އަދި ބޫޓާނަށް ވަނީ ކޮށްފައެވެ.

މި ތޫފާނުގެ ސަބަބުން އިންޑިއާއަށް ލިބިފައިވާ ގެއްލުންތަކުން އަރައި ނުގަނެވެނީ މިއަދު ވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ މުމްބާއީގެ ދެކުނަށް އޮންނަށް ކުޑަ އަވަށަކަށް "ނިސާގާ" ގެ ނަމުން ނަން ދެވިފައިވާ ތޫފާނުގެ އަސަރު ކޮށްފައެވެ. މަހަރަސްތްރާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 70,000 އަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 2,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިގެން އެ ހިސާބުން ވަނީ މަރުވެފައެވެ.

ތޫފާން "ނިސާގާ" ގެ އަސަރު 18 މިލިއަން މީހުން ދިރިއުޅެމުން އަންނަ މުމްބާއީއަށް ކުރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، އެގައުމުން ވަނީ އެހިސާބުގައި ދިރިއުޅުން އަންނަ އާންމުންގެ މީހުންނާއި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

މި ތޫފާނަކީ ފާއިތުވި 70 އަހަރުގެ ތެރޭގައި މުމްބާއީއަށް އަރާ އެންމެ ނުރައްކާތެރި އެއް ތޫފާން ކަމަށް އެގައުމުން މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ކުރިން މުމްބާއީއަށް ތޫފާނެއް އަރާފައިވަނީ 1948 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ހިތްދަތިކަން ފިލުވާލުމަށް ގިނަގިނައިން ގެރިމަސް ކެއީމާ ރަގަޅުވާނެ!

  23
  2
 2. ޙަސަނާ

  އިންޑިއާ އައް މިފަދަޣެއްލުންތައްލިބޭތީ ވަެމރައްދެރަ އެކަމަކު މީ އިމްތިހާން އެއް ޖައްބާރު ބީޖޭޕީ ވެރިންގެ ނުބައިކަމުން ލިބޭހާ ދެރަ އިސްލާމުންނައް އެބައިމީހުން ދޭއަނިޔާތަކުގެ ބަދަލު ﷲތާލާ ެބައިމީހުން ނައް ހަދާންކޮއްދެއްވަނީ ދިވެހިސަރުކާރުންވެސް މިކަމުގާވިސްނުންބުއްދިވެރި މަކަރާހީލަތުން މަޑުމަޑުން ދީނާދެކޮޅައްތިޔަގެންދާނީ ރޭވިންތައްރާވަމުންކަން ހަދާންކުރާތި...

  12
 3. އަލީ ޒުބޭރު

  ވަރައް އުފާވޭ