މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 470 މީހަކު މަރުވެއްޖެ އެވެ.

މިއާއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 10،637 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 3891 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މިއާއެކު އެ ގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 97326 އަށް އަރާފައެވެ.

މެކްސިކޯގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 70،308 އަށް އަރާފައެވެ.

މެކްސިކޯގައި ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެހެން ނަމަވެސް އެ ގައުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

މެކްސިކޯއިން ކޮވިޑް-19 ގެ ފުރަތަމަ ވޭދަނަ (ކޭސް)ފެނިފައި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު