އެންމެ އަވަހަށް ދުނިޔެއިން ކޮވިޑް-19 ނައްތާލައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ގައުމަކީ ނިއުޒިލޭންޑެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޖަކިންޑާ އާޑަން ނޫސްތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެ ގައުމަކީ މުޅި ދުނިޔެ އިންވެސް އެންމެ އަވަހަަށް ވައިރަސް ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި ނަމަވެސް، މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

އެ ގައުމުގައި ވައިރަސް ފެތުރެން ފެށުމުން ހުރިހާ ވިޔަފާރިތައް ބަންދުކޮށް، އާއްމުން ގެތަކުގައި ތިބުމަށް އެންގުމުން ހުރިހާ ރައްޔިތުންވެސް ވަނީ އެގޮތަށް އަމަލުކޮށް ބޭރު ތެރޭގައި އެއްކޮށް އުޅުން ހުއްޓާލާފައެވެ.

އެ ގައުމުން ވައިރަސް ނައްތާލެވުމާއި އެކު މީގެ ކުރިން ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ގައިދުރު ކުރުމުގެ ގަވާއިދުތައް އުވާލުމަށެވެ. ނަމަވެސް މިހާރު މިވަނީ އެ ގަވާއިދުތައް އުވާލުން މި މަހުގެ 8 ވަނަ ދުވަހަށް އަވަސް ކޮށްފައެވެ.

” އަހަރެމެން ގަބޫލުކުރި ސިޔާސަތަކީ އަވަހަށް ހަރުކަށި ފިޔަވަޅުތަކެއް އަރައި، އަވަހަށް މިކަމުން ސަލާމަތްވުން. އެކަން މިހާރު ވެއްޖެ. އަހަރެމެންނަކީ އެންމެ އަވަހަށް ވައިރަސް ޖެހި، ވައިރަސް ނައްތާލި ގައުމޭވެސް މިހާރު ބުނެވިދާނެ“ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ގައިދުރު ކުރުމުގެ އުސޫލުތައް އުވާލަން ނިންމި ނަމަވެސް، ބޮޑުވަޒީރު ވިދާޅުވެފައި ވަނީ މަސައްކަތަކުގަ އާއި ބޭރު ތެރޭގައި އުޅޭ މީހުން އަމިއްލަ ސާފް ތާހިރުކަން ފަދަ ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯން

    ޙެޔޮނިޔަތުގައި ގައުމަށާއި ރަތްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭ ވެރިންނަށް ކާމިޔާބު ދެއްވާނެކަމުގެ ނަމޫނާއެއް.