އެމެރިކާގެ ތާރީހުގައިވެސް މިހައިތަނަށް އެންމެ ބޮޑު ޕެޓިޝަން އަކަށް ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ހަދާފައިވާ ޕެޓިޝަން ވެއްޖެއެވެ. ބައެއއ ރިޕޯޓުތައް ބުނާގޮތުން މިއީ މުޅި ދުނިޔެ އިންވެސް މިފަދަ އެންމެ ބޮޑު ޕެޓިޝަނަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެޒ

ދާދި ފަހުން އެމެރިކާގެ މިނިއާޕޮލިސްގައި ފުލުހުންތަކެއް ވަނީ އެއްވެސް ކުށަކާއި ނުލައި ޖޯޖް ހައްޔަރުކޮށް އޭނާގެ އަތުގައި ބިޑި އަޅުވައި ބިންމަތީގައި ބާއްވާފައި އޭނާގެ ކަރު މަތީގަައި 8 މިނެޓު ވަންދެން ޖޯޖްގެ ކަރުގައި ކަކޫ އަޅައިގެން އޮތުމުން ވަނީ މަރުވެފައެވެ.

އެ ފުލުހުންތައް މިހާރު ވަޒީފާ އިން ވަކިކޮށްފައި ވާއިރު، ޖޯޖް މަރާލި ފުލުހުގެ މައްޗައް ވަނީ ގަސްތަކާއި ނުލައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މި ދައުވާ އާއި މެދު ރައްޔިތުން އެހައި ހިތްހަމައެއް ނުޖެހެއެވެ. އެއީ ޖޯޖް މަރާލި ވީޑިއޯ އިން އެއީ ފުލުސް މީހާ ގަސްތުގައި ކުރި ކަމެއްކަން ހާމަވާތީއެވެ. އަދި މިހައިތަނަށް މިކަމުގައި ބައިވެރިވި އެހެން ފުލުހުންގެ މައްޗައްވެސް ދައުވާ އަދި އުފުލާފައެއް ނުވެއެވެ.

މިކަމަަށް ޗޭންގް. އޯގަނައިޒޭޝަން އިން ހަދާފައިވާ އޮންލައިން ޕެޓިޝަނަށް މިހައިތަނަށް ވަނީ 11 މިލިއަނަށް ވުރެން ގިނަ ސޮއި ލިބިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު ދާނީ މައްޗައް ކަމަށް ލަފާ ކުރެވެއެވެ.