މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެމެރިކާގެ މީނިއާޕޮލިސްގައި އެޤައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ، ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން، މި އަނިޔާވެރި އަމަލުގައި ބައިވެރިވި ހަތަރު ފުލުހަކު މިހާރު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރޭގައި އަމަލީގޮތުން ފްލޮއިޑް މަރާލި ފުލުސް މީހާވެސް ހިމެނެއެވެ. އޭނާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ.

ޖޯޖް ފްލޮއިޑް މަރާލި ފުލުސް މީހާ، އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ކަރުމަތީ ކަކޫ ޖައްސައިގެން ނޭވާ ހާސްކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައި ވެއެވެ. އެ ވީޑިއޯއިން ފެންނަނީ ފުލުސް މީހާ އޭނާގެ ކަރު ފިއްތާލައިގެން ހުރުމުން ނޭވާ ނުލެވިގެން ފްލޮއިޑް ތެޅެމުންދިޔަ މަންޒަރެވެ.

އެވަގުތު އިތުރު ދެ ފުލުހަކު ފްލޮއިޑްގެ ގައިމަތީގައި އޭނާއަށް ހަރަކާތް ނުކުރެވޭގޮތަށް ހިފަހައްޓައިގެން ތިބިއިރު، ހަތަރުވަނަ ފުލުހަކު އެ ސަރަޙައްދުގައި އުޅުނު މަންޒަރު ފެނެއެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައި މިވަނީ، ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ އެކި ސަރަޙައްދުތަކުގައި އެތައް ހާސް ބަޔަކު އެއްވެ ކުރަމުންދާ މުޒާހަރާތަކުގައި އެމީހުންނަށް އަދަބު ދިނުމަށް ގޮވާލަމުން ދަނިކޮށެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މި ހަތަރު ފުލުހުންގެ ތެރެއިން އެކަކަށް ވަނީ މީހަކު މަރާލިކަމުގެ ދަޢުވާ އުފުލާފައެވެ. އަދި ދެން ތިބި މީހުންނަށް ވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ކޮށްފައެވެ. އެމީހުންނަށް ކަފާލާތުގެ ފުރުސަތުވެސް ލިބޭނީ އެއްމިލިއަން ޑޮލަރު ދައްކައިގެންނެވެ.

ފްލޮއިޑްގެ މަރަށްފަހު ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާތައް ފެށުމާއި އެކު މި ހަތަރު މީހުން ވަނީ ފުލުހުންގެ ވަޒީފާއިންވެސް ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    Alhamdhlillah?

  2. Anonymous

    ތި މީ ހުންވެސް މަރައްމަރު ހިފާ

  3. ޑރ. ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިއީ ދިވެހި ސިފައިން ވެސް ގިނަ ކަންތައް ތަކެއް ދަސް ކުރާން ޖެހޭ ހާދިސާ އެއް. ސިފައިން ގެ އެންމެ މީހެއްގެ އަމަލުން މުޅި ގައުމު އެފުށް މިފުށަށް ޖެހިގެން ދިއުމަކީ އެކަށީގެން ވެދާނެ ކަމެއް ކަން. އެންމެ 4 ސިފައިން ބަންދު ކުރުން ލަސް ވުމުގެ ސަބަބުން މުޅި ގައުމަށް އެތައް ބޮޑެތި ގެއްލުން ލިބި، ސުންނާފަތި ވެ، ހުޅުޖަހާ، ލޫޓު ވުން ތަކެއް ކުރަމުން ހިނގައިދާނެކަން. 9 ދުވަސް ވާންދެން މުޅި އެމެރިކާ ގައި މުޒާހަރާ ކުރަމުން ދިޔައީ މިކަމުގައި ބައިވެރިވާ އިތުރު 3 ސިފައިން ދޫކޮށް ލެވި، މިނިވަން ކަމުގައި ތިބީމާ !!!

  4. ބުތު

    ބަލަދެން ކޮންހެއްކެ ތިއޮތީ މަރަހުކުން ޖަހަންޖެހިފަ މަރުވެދިޔމީހާއަށް އިންސާފެނެތް މެރިމީހާ ދިފާއުގަ ހުރިހާދިރިތިބީން މީއިންސާފު ހުރިހާވަކީލުން މަށަދޭށެ ކިޔާފައަންނާނެ....