ޗައިނާގެ ޕްރައިމަރީ ސްކޫލެއްގައި ދިން ވަޅީގެ ހަމަލާތަކެއްގައި، 40 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވެއްޖެއެވެ.

ޒަހަމްވި މީހުންގެ ތެރޭގައި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރިންނާއި، ސްޓާފް މެންބަރުން ހިމެނެއެވެ.

ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްްފައިވާގޮތުގައި، މި ހަމަލާތައް ދީފައި ވަނީ ޗަައިނާގެ ގުއަންގޒީ ޕްރޮވިންސްގެ ޕްރައިމަރީ ސްކޫލެއްގައެވެ. އަދި ހަމަލާތައް ދީފައި ވަނީ ސެކިއުރިޓީ ގާޑެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކާއި ގުޅޭ އިތުރު ތަފްސީލެއް މީޑިއާތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ޗައިނާގެ އާއްމުން އެއްވާ އެކި ކަންކޮޅުތަކުގައި ވަޅިން ހަމަލާ ދީ މީހުން ޒަހަމްކޮށްލާ މައްސަލަތައް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް މިގޮތަށް ހަމަލާދޭ މީހުން އާއްމުކޮށް ޓާގެޓް ކުރަނީ ޕަބްލިކް ޓްރާންސްޕޯޓްތައް ކުރިމަތީ ހުންނަ ޕްރައިމަރީ ސްކޫލްތަކަށާއި، ކިންޑާގާޓެންއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އާ ހެދި ޗައިނާގެ ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން މިދިޔަ މެއި މަސް ތެރޭގައި ހުޅުވި ފަހުން، މިއީ ދިން މިފަދަ ފުރަތަމަ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުވޭސް

    އަސްލުވެސް މިކަމެއް ހޮނގީ ޗައިނާގައިތަ ؟ އިންޑިޔާ ގައި ހިންގިނަމަ ކިހާ ރަނގަޅު.

  2. މ

    ސުބުހާނަﷲ