ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ލޭގެ ޕްރެޝަރު މަތި މީހުން މަރުވުން ގާތް ކަމަށް އަލަށް ހޯދި ދިރާސާއަކުން ދައްކައިފިއެވެ.

ޔުރަޕިއަން ހާޓް ޖޯނަލްގައި ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުންގެ ހާލަތު އެންމެ ބޮޑަށް ސީރިއަސްވާ އެއް ސަބަބަކީ ލޭ މައްޗަށް ދިއުމެވެ. އެ ލިޔުމުގައި އެކަމުގެ ނުރައްކާތެރިކަން ސާފުކޮށްދީފައިވެއެވެ.

ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ހިމެނެއެވެ. އަދި ހީކަރުވައި ތުރުތުރު އެޅުމާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ކަރުގައި ރިއްސުން އަދި ރަހަ ނުލުމާއި ވަސް ނުދުވުމަކީ ވެސް މިހާރު އަލާމާތްތަކެވެ.

ޗައިނާގެ ޒީޖިން ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާ ދިން 2،866 ބަލި މީހުންނާ ގުޅޭ ދިރާސާއެއް ދިރާސާ ކުރާ ބަޔަކު ހެދި އިރު، 30 އިންސައްތަ އަށް ވުރެ ދަށް މީހުންގެ ލޭގެ ޕްރެޝަރު މަތި ކަމަށްވެއެވެ.

"އަހަރުމެން ކޮވިޑް-19 ޖެހުނު މީހުންނަށް އަވަހަށް ފަރުވާދޭން ބެލި އިރު، ފެބްރުއަރީ ކުރީކޮޅު ވޫހާންގައި ފާހަގަ ކުރެވުނު ބަލީގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ ގާތް ކުރާ އަދަދުގެ މީހުން މަރުވެފައި ވަނީ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން،" ދިރާސާ ކުރާ ޓީމުގައި ހިމެނޭ މީހެއް ކަމަށްވާ ލިން ޓައޯ ބުންޏެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮވިޑް-19 ޖެހިގެން އެ ގައުމުން 4،000 އަށް ވުރެ ގިނަ މީހުން މަރުވެ، 83،000 އަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ފެނިފައިވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6.7 މިލިއަނަށް އަރައިފައެވެ. އަދި މި ބަލީގައި ތިން ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ ތިން މިލިއަނަށް ވުރެ ގިނަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސަ

    މިކަހަލަ ވާހަކަ ދެއްކީމަ އެބާވަތުގެ ބަލިމީހުން ކިހާ ބިރެއް ގަންނާނެ!