ކޮވިޑް-19 ގެ ވެކްސިން ދެނީ ކަމަށް ބުނެ، މިސްރުގައި ބައްޕައަކު، އޭނާގެ ތިން ދަރިން ހިތާނު ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

18 އަހަރު ނުވާ އެ ތިން ކުދިން ހިތާނު ކުރުވާފައި ވަނީ އެ ކުދިންގެ ގަޔަށް އިންޖެކްޝަން ޖެހުމަށް ނިންދަވާލާފައެެވެ.

އެ މައްސަލާގައި މިސްރުގެ ކަމާއި ބެހޭ އޮތޯރިޓީން މިހާރު ވަނީ ތަހުގީގު ފަށާފައެވެ. އަދި އެއީ ކުށެއް ކަމުން އެ މައްސަލާގައި އެ ސާޖަރީ ހެދި ޑޮކްޓަރާއި މެދުވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މިސްރުގައި އަންހެނުން ހިތާނު ކުުރުމަކީ މަނާ ކަމެކެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުދިން ހިތާނު ކުރިކަން ފަޅާ އަރާފައި ވަނީ، އެ ވާހަކަތައް މަންމައަށް ހިއްސާ ކުރުމުންނެވެ. އަދި އެކަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅި އެ ކުދިންގެ މަންމަ އެވެ.

މިސްރުގައި އަންހެން ކުދިން ހިތާނު ކުރުން މަނާ ކުރީ 2018 ވަނަ އަހަރު އެވެ. އަދި އެކަން ކުށަކަށް ހަދަފައި ވަނީ 2016 ވަނަ އަހަރު ތެރޭގައެވެ. އަންހެނުން ހިތާނު ކުރުމަކީ ސިއްހީ އެއްވެސް ފައިދާއެއް ލިބޭ ކަމެއް ނޫން ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އެކަމުގެ ސަބަބުން އަންހެނުންގެ ޖިންސީ ގުނަވަނަށް އަނިޔާތައް ވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

މިސްރުގައި އަންހެނުން ހިތާނު ކުރުވާ ޑޮކްޓަރުންނަށް ހަތް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެކަން ކުރަން އެދޭ މީހުން ތިން އަހަރު ދުވަހަށް ޖަލަށް ލެވިދާނެ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް 2016 އަހަރު ހެދި ގާނޫނުގެ ފަހުން އެއްވެސް މީހަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގަމާރުމޯލްޑިވިއަން

  ކިހިނެއް އަންހެނަކު ހިތާނު ކު ރާނީ.މުސްލިމުން ކޮއްފާނެ ކޮންމެ ފަދަ ކަމެއް ވެސ ދޯ

  6
  33
 2. ދަރަނި ދަންތުރަ

  ބައްޕަ ތިންދަރިންނަށް ތިޔަދިނީ ބޮޑުއަނިޔާއެއް މައާފުނުކުރާނެ

  20
  2
 3. މޯލްޑިވިޔަން

  ކީކޭ ބުނަނީ

  25
  2