މެކްސިކޯއިން ކޮވިޑް-19 ޖެހިގެން އިތުރު 816 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގައި ކޮވިޑް-19 ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އެ ގައުމުން މި ވައިރަސް ޖެހިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުން އަންނައިރު، އެ ގައުމުން މި ވައިރަސްއަށް ފައްސިވާ މީހުންގެ އަދަދުވެސް ދަަށަށް ނުދެއެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ 12545 މީހެކެވެ.

އަދި އެ ގައުމުން އިތުރު 4442 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 105680 އަށް އަރާފައެވެ.

މެކްސިކޯ އަކީ މުޅި ދުނިޔޭގައިވެސް 14 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސި ވެފައިވާ ގައުމެވެ. މެކްސިކޯ ހިމެނޭ ލެޓިން އެމެރިކާ އަކީ މިހާރު އެންމެ ބޮޑަށް ވައިރަސް ފެތުރެމުން އަންނަ އެއް ސަރަހައްދެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި މި ވައިރަސް މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުން ކޮންޓްރޯލް ކޮށްފައި ވީ ނަމަވެސް، ވައިރަހުގެ ދެވަނަ ރާޅެއް މިހާރު ވަނީ ފުަރަތަމަ ފަހަރަށް އީރާނުގައި ނަގާފައެވެ. މިކަމާއި ގުޅިގެން ބައެއް ގައުމުތަކުން ދަނީ ފުރަބަންދަށް ލުޔެއް ސިނުމުގެ ސިޔާސަތު ތަކަށް ބަދަލުތައް ގެންނަމުންނެވެ.