މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާންހައި ފެތުރެން ފެށި ކޮރޯނާވައިރަސް ގިނަ ގައުމުތަކަކަށް ފެތުރި، ބައެއް ގައުމުތަކުން ވަނީ ވަައިރަސް ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން އީރާންގައިވެސް ކޮންމެވެސް ވަރަކަށް ވައިރަސް ކޮންޓްރޯލް ކޮށްފައި ވަނިކޮށް އެ ގައުމަށް ވައިރަހުގެ ދެވަނަ ރާޅެއް މިހާރު މިވަނީ އަރާފައެވެ.

އީރާނުގައި އޭޕްރިލް މަހު ފުރަބަންދު އިއުލާން ކުރުމާއި އެކު ވައިރަސް އޮތީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، މިހާރު ފުރަބަންދުގެ ގަވާއިދުތައް ލުއި ކުރުމާއި އެކު އަނެއްކާވެސް ވައިރަސް ފެތުރޭ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ.

މީގެ ކުރިން އެ ގައުމުގައި އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު ޖުމްލަ 3،186 މީހަކު ފައްސިވި އިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ އަދަދު ވަނީ 3،574 އަށް އުފުލިފައެވެ.

ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް 3،000 އަށް ވުރެން ގިނަ މީހުން އެ ގައުމުން ފައްސިވަމުން އަންނައިރު، ސިއްހީ އިދާރާތަކުން ބުނެފައި ވަނީ 3،000 މިއީ ދަށް އަދަދެއް ކަމަށާއި މީގެ ކުރިން އެ ގައުމުގައި ރަނގަޅަށް މީހުން ޓެސްޓު ކޮށްފައި ނުވުމުގެ ސަބަބުން ފައްސިވި މީހުންގެ އަސްލު ދެނެގަނެވިފައި ނުވާ ކަމަަށެވެ.

އިރާނުގައި ވައިރަހުގެ ދެވަނަ ރާޅެއް އަރާފައި ވާއިރު، މިހާރު ފުރަބަންދު ލުއި ކޮށްފައި ވުމުން އެހެން ބައެއް ގައުމުތަކަށްވެސް މިކަން ކުރިމަތި ވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެސޮރު

    ޖުލައިގައި ހުޅުވަންޒާ ކީކުރަން މީހުން ކަނޑަނީ.

    8
    1
    • މަދު ބަޔަކަށް އެނގެނީ

      އެއިރުންތާ ސަރުކާރަށް ބަނޑުލާބައި ގިނަވާނީ

  2. ވިސްނާށޭ

    ދެވަނަ ރާޅެކޭ... ވައިރަހުގެ ފާޅު ވެސް ހުރޭތަ؟؟؟??

  3. ބޮޑު ވަރު

    ތިކަހަލަ ބޮނޑިއެއް މިރާއްޖެވެސްބޮއެފާނެ...ލުއިދޭން ޖެހޭނީ ހާލަތަށް ބަލާފަ...އަހަރުމެންވެސް ބޭނުން މިސްކިތައްދާން އެކަމަކު ހާލަތު ރަނގަޅު ނުވާތީ ނުހުޅުވުން އަހަރެން ތާއީދު...ސަލާމަތާއި ރައްކާތެރިކަމަށް

    1
    1
  4. ޒަވާޖް ނަކަވީ

    އީރާނައް ތިހެންދިމާވުމުން ވަރަށް ދެރަވޭ...އިސްލާމީ ދުނިޔޭގެ އެންމެ ބާރުގަދަ ގަވްމު..އަދުއްވުން އެންމެ ޖެހިލުންވާ ގައުމު...