އެމެރިކާގައި ނަސްލީ ތަފާތު ކުރުންތަކާއި ގުޅިގެން ބޮޑެތި މުޒާހަރާތަކެއް ކުރަމުން އަންނަ އިރުގައި އެ ގައުމުގެ ވެރިރަަަަށް ކަމުގައިވާ ވޮޝިންގޓަން ޑީސީގެ މަގެއްގެ ނަން ބަދަލު ކޮށްފިއެވެ.

ދާދި ފަހުން އެ ގައުމުގެ މިނިއާޕޮލިސްގައި 4 ފުލުހަކު ވެގެން ވަނީ ވަރަށް އަނިޔާވެރިކޮށް ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު މަރާލާފައެވެ. މިކަމާއި ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން އަންނައިރު، ވެރިރަށް ވޮޝިންގްޓަން ޑީސީގައި ހުންނަ ޓްރަމްޕް ދިރިއުޅޭ ގެކޮޅު، ވައިޓް ހައުސް އަށް ދެވެން އޮންނަ ބޮޑު މަގެއްގެ ނަން މިވަނީ ”ބްލެކް ލައިވްސް މެޓާ ޕްލާޒާ“ ނުވަތަ ”ކަޅު މީހުންވެސް މުހިއްމު“ މިގޮތަށް ބަދަލުކޮށްފައެވެ.

ރީނދޫ ކުލައިން އެ މަގުގެ ބޮޑު ބައެއްގައި މިހެން ލިޔަން އަންގާފައި ވަނީ ވޮޝިނގްޓަންގެ މޭޔާއެވެ. މިއީ އެ ސިޓީގައި މުޒާހަރާ ކުރާ މީހުން އެންމެ ގިނައިން ބޭނުން ކުރާ އެއް މަގު ކަމުގައި ވާއިރު، މޭޔާ ބުނެފައިވާ ގޮތުގައި އެ މަގުގެ ނަން ބަދަލު ކުރީ މިހާރު ސުލްހަވެރި ކަމާއި އެކު މުޒާހަރާތައް ކުރާ މީހުންނަށއ ހިތްވަރު ދީ، އެމީހުންނާއި އެކު ތިބިކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.

މިކަަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕް މިކަމާއި މެދު ހިތްހަމަ ނުޖެހޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.