ބުރުގާ އަޅާ މީހުންނަށް ޚާއްސަކޮށްގެން 40 ޑޮލަރުގެ މާސްކެއް އުފައްދައިފިއެވެ.
ހަލީމާ އޭދެން ނަމަކަށް ކިޔާ މުސްލިމް މޮޑެލްއަކާއި އޭއައި ޓެކް ކުންފުންޏެއް ގުޅިގެން އުފެއްދި މި މާސްކަކަކީ ބުރުގާ އާއި ޓަބަން އަޅާ އަންހެނުންނަށް ޚާއްސަ މާސްކެކެވެ.
މި ބްރޭންޑްގެ މާސްކާއެކު ގޮށެއް ލާފައިވާ ހެޑްބޭންޑް ވެސް ސިއްހީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ވަނީ އުފައްދައިފައެވެ. މި މާސްކްތަކަކީ އެލުއައާ އެކު ހެދި ޕާޓްނަޝިޕެއްގެ ދަށުން އުފައްދާފައިވާ ފެންވަރު ރަނގަޅު މާސްކެވެ.
މި މާސްކާއެކު ބުރުގާއެއް ވެސް ލިބެއެވެ. މި މާސްކްގައި މާސްކް އިތުރަށް ސްޓްރެޗްކޮށްލާފައި އެޅޭނެ ގޮތް ވެސް ވަނީ ހަދައިފިއެވެ. އެހެންކަމުން އާއްމުކޮށް މާސްކް އަޅައިގެން ހުންނަ އިރު ދިމާވާ ބޯ ހަރަކާތް ކުރުމުގެ މައްސަލަ ދިމައެއް ނުވެއެވެ.
ހަލީމާ މި މާސްކް ހަދަން ހޯދި ކުންފުންޏަކީ އެމިލީ ޝިޕީ އުފައްދާފައިވާ ކުންފުންޏެކެވެ. އެއީ ނިއުޔޯކަށް ނިސްބަތްވާ ނޫސްވެރިއެކެވެ. އެ ކުންފުނީގެ އެހެން ބައިވެރިންގެ ތެރޭގައި އިސްރާއިލްގެ ޑިޒައިން ކޮމްޕެނީއެއްގެ އިސް މީހެއް ކަމަށްވާ އަދި-ލީ ކޯހެން ވެސް ހިމެނެއެވެ.
ހަލީމާ ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް މާސްކް އަޅަން ޖެހޭ އިރު، އެ އަޅައިގެން ވާނެ އުނދަގޫ ބުރުގާ އަޅާ މީހެއްގެ ހައިސިއްޔަތުން އިހުސާސް ކުރެވޭ ކަމަށެވެ.
ހަލީމާ ވަނީ ހޮސްޕިޓަލްތަކުގައި މާސްކުގެ ބޭނުން ޖެހިފައި ތިބި އެކަކަށް މާސްކެއް ހަދިޔާކުރަން ނިންމައިފައެވެ.
އެ މާސްކްތައް ހަދާފައި ވަނީ އޯގަނިކް ފެބްރިކް ބޭނުންކޮށްގެންނެވެ. އަދި އެ މާސްކްތައް ދޮވެގެން ބޭނުން ކުރެވޭނެއެވެ.
" ބުރުގާ އަޅާ ވަރަށް ގިނަ މީހުން ސިއްހީ ވަސީލަތްތަކުގައި ވެސް މަސައްކަތް ކުރޭ. އަހަރެން ބޭނުންވީ އެމީހުންނަށް ރީތި ފަސޭހަ މާސްކެއް ލިބެން ހުންނަން. އެއީ ބޮލުގެ އިސްތަށިގަނޑު ވެސް ނިވާކޮށްގެން ތިބެ،" އިންސައިޑާ އަށް ދިން އިންޓަވިއުއެއްގައި ހަލީމާ ބުންޏެވެ.
މި މާސްކްތައް ލިބެން ހުރީ ތަފާތު ހަތް ކުލައަކުންނެވެ. އެ މާސްކްގެ ކުލަތަކަކީ މީހާ ހަމަޖައްސާލާ ހިތްހަމަ ޖެހޭފަދަ މަޑު ކުލަތަކެއް ކަމަށް ހަލީމާ ބުންޏެވެ.
ބަލަ މޫނު ބުރުގާ އަޅާބަލަ. ކޮން 40 ޑޮލަރަށް ފާޑު ފާޑުގެ މާސްކުތަށް ގަންނާކަށްތަ؟
ތިއަޅައިގެން ބޮން ނުގޮއްވާތި
މޫނު ބުރުގާ އަޅާ މީހުންނަކީ ބޮން ގޮއްވާ މީހުންނޭ އެންމެ އަޑު ގަދަކޮށް ގޮވި މީހުން އެންމެފަހުން މިއަދު މި ޖެހުނީ މޫނު ބުރުގާ އަށްވުރެ އުނދަގޫ އެއްޗެއް އަޅައިގެން އުޅެން.