އިންޑޮނޭޝިޔާގެ އަޗޭ ޕްރޮވިންސްގައި ކައިވެނި ބޭރުން ޖިންސީ ގުޅުން ހިންގި ދެ ލޯބިވެރިއެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހައިފިއެވެ.

އެ ގައުމުގައި މުސްލިލް މެޖޯރިޓީއެއް އޮންނަ ރީޖަންގައި އެ ދެ ލޯބިވެރިން ހައްދު ޖަހާފައި ވަނީ، އެކަމަށްޓަކައި ބޭނުން ކުރާ ދުއްރާ ބޭނުންކޮށްގެންނެވެ. ދުއްރާ ބޭނުންކޮށްގެން އެއިން ކޮންމެ މީހެއްގެ ގައިގައި 100 އެތިފަހަރު ޖަހާފައި ވެއެވެ.

އާއްމުން ކުރިމަތީގައި މިސްކިތެއްގެ ބޭރުގައި އެ ދެ މީހުންގެ ގައިގައި ހައްދު ޖަހާފައިވާއިރު، އެ މަންޒަރު ބަލަން ގޮސްފައި ވަނީ މަދު ބައެކެވެ. އާއްމުކޮށް މިގޮތަށް ހައްދަ ޖަހާނަމަ ގިނަބަޔަކު އެއްވެއެވެ. ނަމަވެސް ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި އެތަނަށް އެއްވެފައި ވަނީ މަދު ބައެކެވެ.

"އެތަނަށް އައީ މަދު ބައެއް. އެއީ އެމީހުންނަށް މާ ގިނައިން އެ މަންޒަރު ފެނިފައިވާތީ އެހެން ނޫނީ ކޮވިޑް-19އާ ހެދި ބިރުން". އެ ސަރަހައްދުގައި އުޅެމުންދާ ފައިސަލް ބުންޏެވެ.

އެ ދެ ލޯބިވެރިން ހައްދު ޖަހާފައި ވަނީ އެ މީހުންގެ ހަށިގަނޑުގެ ޓެމްޕަރޭޗަރވެެސް ބެލުމަށްފަހުއެވެ. އަދި ދެމީހުންވެސް ވަނީ މާސްކް އަޅުވާފައެވެ.

"އެ ދެމީހުންގެ ގައިގައިވެސް 100 އެތިފަހަރުން ހައްދު ޖަހަން ޖެހުނީ އިސްލާމީ ޝަރީއަތުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކުރުމުން". ޕްރޮސެކިއުޓަރ އޮފީހުގެ ހެޑް އޮފް ޖެނެެރަލް ކްރައިމް ޑިވިޝަން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ދުވަހު އިތުރު ފިރިހެނެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހާފައި ވެއެވެ. އެއީ އޭނާ އަންހެން ކުއްޖަކާއެކު ހޮޓަލެއްގެ ތެރެއިން ފެނުމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިސްނަނީ

    މިތާގައި ވެސް ތިހައްދު ޖަހާބަލަ...އިންސާނީކަ ރާމާތެއް ނުގެއްލޭނެ...އިންސާނީ ހައްގެއްވެސް ނުގެއްލޭނެ....

    53
    2
  2. ޜާއްޖޭ މީހާ

    މި ރާއްޖޭގަ 20 ސަކަށް މީހުންނާ އެކު ޑޭޓް ކޮށް ކަމުދޭތޯ ރަހަ ބަލާލުމުން އެއަށްކިޔަމީ ޑޭޓްކުރުން ބިކުރުވެރި އަންހެންކުއްޖަކު އަތުޖހޭނީ މަދު ފިރިހެނަކަށް ވަރަށް ނާދިރުކަމެއް ނަފްސު ތޯހިރު ފިރިހެން ކުއްޖަކު ހޯދުމަކީވެސްހުދު ކާޅެއް ހޯދުންހާ އުނދަގޫ ކަމެއް މިވެސް ތަރައްގީޔޯ މިގޮތަށް ނޫޅެފިއްޔާ ޅިޔަން ފަހަރިންވެސް ކިޔަނީ މިސްކިތު ވަކަރޯލަ

    48
    1
  3. ައާއްކޮ

    އިސްލާމްދީނު އޮންނަ ގޮތައް ޒިނޭކުރިމީހުން ރަޖަމުކުރަންވީ،

    11
    1
    • އަފީ

      ކައިވެނިކޮށްގެން ތިބެ ޒިނޭ ކު ރީމަ ރަޖަމް ކު ރެވެން ޖެހޭނެ.. މިހާ ރުވެސް މި ހަބަ ރު ލިޔެގެން ގިނަ މީހުން ތިބޭނީ ވަ ރު އަ ރާފަ

      10
      1
  4. Anonymous

    ﷲ އަކްބަރ

    10
    1
  5. Anonymous

    މި ގައުމު ސަދޫމައް ހަދައިފި

    2
    1