ކޮވިޑް-19 ގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ލިބެމުން އަންނަނީ ހުސް ހިތާމަވެރި ހަބަރުތަކެވެ. ހުރިހާ ގައުމަކުން ބަލި ފެނިފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާ ގައުމުތަކުން ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަ ހަބަރެވެ. އެހެން ނަމަވެސް ގައުމުތަކުން ބަލި ޖެހިގެން އެންމެން ރަނގަޅުވެފައިވާ ހަބަރަކީ ވަރަށް މަދުން އިވޭ ހަބަރެކެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދު ހިމެނޭ ގޮތަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ. އޭގެ ތެރެއިން މިއަދާއި ހަމައަށް 18 ގައުމަކާއި ސަރަހައްދު ހިމެނޭހެން ބަލި ޖެހިފައިވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ހިމެނޭ ގައުމުތަކާއި ސަރަހައްދުތަކުން ބަލި ޖެހުނު މީހުންގެ އަދަދު މާ މައްޗަށް ގޮސްފައެއް ނުވެއެވެ. އެގޮތުން މި ތަންތަނުން އެންމެ ގިނަ މީހުން ފައްސިވެ ރަނގަޅު ވެފައިވަނީ ފަރޯ އައިލޭންޑްސް އިންނެވެ.

މިހާތަނަށް މި ބައްޔަށް ފަރުވާއެއް ދިމުނަށް ވެކްސިނެއް އުފެއްދިފައި ނުވެއެވެ. މި ބައްޔަށް މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މި ބަލި ޖެހިގެން 2 ލައްކައަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ އިރު، އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލްއިނެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދި 7 ލައްކައަށްވުރެ ކުރީގައި އުޅޭއިރު 3 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ރަޝިއާއިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 409,247 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ، 3,559,417 މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި 3,255,700 މީހަކަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 53,821 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިއްޕޭ

    ފަރުވާއެއް ނެތް ބައްޔަކުން ކިހިނެއްތޯ އެންމެން ރަނގަޅުވަނީ؟

  2. އަލްޖިބްރާ

    އެއީ ﷲގެ އިރާދަފުޅު !