ޕާކިސްތާންގައި ކޮވިޑް-19 ފެތުރެމުން ދަނީ މިސްކިތްތަކުން ނޫންކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ޕާކިސްތާނަކީ އިންޑިއާ ފިޔަވައި އޭޝިއާ ސަރަހައްދުން މިހާރު އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމެވެ. ނަމަވެސް އިމްރާން ވަނީ އަބަދު ފުރަބަންދުގައި ނުތިބެވޭނެ ކަމަށް ބުނެ ޕާކިސްތާންގެ ފުރަބަންދަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. މިލުއިތަކުގެ ދަށުން މިހާރު ވަނީ މިސްކިތްތައް ވެސް ހުޅުވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޕާކިސްތާން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑަައަޅައި އެފިޔަވަޅުތައް ތަންފީޒު ކުރުމަށް އިމްރާން ވަނީ "ކޮރޯނާ ރިލީފް ޓައިގާ ފޯސް" ނަމުގައި ޓާސްކްފޯސްއެއް އުފައްދާފައެވެ.
ޓާސްކްފޯސްގެ މެންބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އިމްރާން ވިދާޅުވީ ފުރަބަންދަށް ލުއިތައް ދިނުމުން ވައިރަސް ފެތުރުން އިތުރު ވެގެން ދާނެ ކަމަށާއި، އެކަމަށް އޮތް ހައްލަކީ ބަލި ކޮންޓްރޯލް ކުރަން ހަދާފައިވާ އެސްއޯޕީތަކަށް އަމަލު ކުރުން ކަމަށެވެ. އެސްއޯޕީތަކަށް އަމަލު ކުރެވޭނަމަ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރު ވެގެން ދިއުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮޓަރިތަކުގައި ރައްޔިތުން ބަންދުކޮށްގެން ތިބެގެން ވައިރަސް ފެތުރުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން. ކޮޓަރިތަކުގައި ރައްޔިތުން ބަންދު ކުރި ނަމަވެސް ވައިރަސް ފެތުރުން އެއްކޮށް ހުއްޓިގެންނެއް ނުދޭ. ކުޑަ މަޑުޖެހުމެއް އައުން ފިޔަވައި އިތުރު ފައިދާއެއް އެކަމުން ނުކުރޭ. ނަމަވެސް ބަންދުވެފައި ތިބެން ޖެހުމުން ފަގީރުން އިތުރަށް ފަގީރުވެ، އެމީހުންގެ ދިރިއުޅުމަށް އިތުރު އެތައް އުނދަގުލެއް ކުރިމަތިވެގެންދެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާން ކުރުމުން ޕާކިސްތާންގެ މިލިއަނަކަށް ވުރެ ރައްޔިތުން އިޖާބަ ދީފައިވާ ކަމަށެވެ. އެހެންކަމުން އެއީ އެސްއޯޕީތައް ތަންފީޒުކޮށް، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތައް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޕާކިސްތާންގެ އިޤުތިޞާދަށް ފޫބައްދަން އުނދަގޫ ދަތިތައް ދިމާވަމުންދާ ކަމަށާއި ނަމަވެސް ހާއްސަކޮށް ޗައިނާ އިން ލިބެމުންދާ އެހީތެރިކަމާއި ރައްޔިތުންގެ އެއްބާރުލުމާއި އެކު މިދަތިކަމުން އަރައި ގަނެވޭނެ ކަމަށެވެ.
މިޤައުމުގެ ވެރިންނޭ މީ ވެރިންނަކީ. އަނެކުންނަށް އިސްކަންދޭތަން މިފެންނަނީ. އަދި އެހީތެރިކަން ހޯދަނީވެސް އެހީތެރިކަން ފޯރުކޮށްދެވޭ ވަރުގެ ފަރާތްތަކުން. 1 ޑޮލަރު ދިނިއްޔާ 2 ޑޮލަރު ދަމާގަންނަފަދަ ބައެއްގެ އަތުންނެއް ނޫން
އިމްރާނަށް ވިސްނޭ
ކޮރޯނާ ޖެހެނީ މިސްކިތްތަކުންނޭ ބުނީ ކާކުތަ ؟