ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މިހާރު ވަނީ ފުރަބަންދު އިއުލާން ކޮށްފައެވެ. ނަމަވެސް، މިހާރު ބައެއް ގައުމުތަކުން ދަނީ މަޑުމަޑުން ފުރަބަންރު އުވާލައި، ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލަމުންނެވެ. މިގޮތުން ގްރީސް އަކީވެސް މީގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ގްރީސް އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމުގައި ވާއިރު، ވައިރަހުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑުން އަރައިގަތުމަށް މިވަނީ ފަތުރުވެރިން ގެނައުމަށް ތަފާތު އުކުޅުތައް ބޭނުން ކުރަން ފަށާފައެވެ.

މިގޮތުން، އެ ގައުމުން ނަގާ ގިނަ އަދަދެއްގެ ޓެކްސް ތަކެއްގެ ޕަސެންޓް ދަށް ކުރަން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ނަގާ އެއާލައިން ޓިކެޓާއި، އެ ގައުމުގެ ތެރޭގައި ކުރާ އެހެން ދަތުރުފަތުރުގެ އަގުތައްވެސް ދަށްވެގެން ދާނެއެވެ.

މީގެ އިތުރުންވެސް، ފަތުރުވެރިންނަށް އެހެން ލުއިތައްވެސް ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި ލުއިތައް ދޭން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރު މުޅި ދުނިޔޭގައިވެސް ކޮރޯނާވައިރަސް އޮތް އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ ވައިރަހާއި އެކު އުޅެން ދަސް ކުރަން ޖެހޭ ކަމަށް ބުނެފައެވެ. މީގެ ތެރޭގައި މާސްކު އަޅައިގެން ބޭރަށް ނިކުތުމާއި، ގިނަގިނައިން އަތް ދޮވެ، ސެނިޓައިޒް ކުރަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއައިހަމް

    ފުރަބަންދުގައި ދެވޭތަ؟

    19
    1
  2. ހުޅުލޭ ބޮޑުމީހާ

    އެއީ ވިއްޔާ ނުވެފަ އޮތް ކަމަކީ..

    11
    2
  3. ސަލާމްބެ

    އަގުހެޔޮވި އިރު އަގުގެ އެއްވެސް މަ އުލޫމާތެ އްނެތް.

    26
    1
    • Anonymous

      ޢަސްލުވެސް.. އަޅުގަނޑުވެސް މި ބަލާލީ އަގު އިންނާނެކަަމަށް. .

  4. ސީޞާ

    މީ ހާދަ އޮޅޭ ސަރުކާރެ ކޭ ދޯ...