މިހާރު ދުނިޔޭގެ ގިނަ ގައުމުތަކާއި، ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 587 މީހަކު މަރުވެއްޖެއެވެ.

މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ، 15944 އަށް އަރާފައެވެ.

އެ ގައުމުން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 4790 މީހެކެވެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 133974 އަށް އަރާފައެެވެ.

އެ ގައުމުން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 98064 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާދެމުން ދަނީ 19966 މީހަކަށެވެ. މީގެ ތެރެއިން 378 މީހެއްގެ ހާލު ސީރިއަސްއެވެ.

މެކްސިކޯ އިން ބަލި ޖެހި މަރުވާ މީހުންގެ އަދަދުތައް އިތުރު ވަމުން އަންނައިރު، އެގައުމުގެ މީޑިއާތަކުން ބުނަމުން އަންނަނީ އެގައުމުން އަސްލު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ސަރުކާރުން ހާމަ ކުރާ ވަރަށްވުރެ ގިނަ ވާނެ ކަމަށެވެ.

މެކްސިކޯ ހިމެނޭ ގޮތަށް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ