ސައުދީ އަރަބިއްޔާ އަށް ހަމަލާ ދިނުމަށް އެކި ފަހަރުމަތިން ހަނގުރާމަވެރި ޖަމާޢަތްތަކުން ފޮނުވާލާ މިސައިލްތަކަކީ އީރާނުގެ އުފެއްދުންތަކެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓަނިއޯ ގުޓާރެސް ވިދާޅުވެއްޖެ އެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގައި މިކަމާއި ގުޅޭގޮތުން އެންޓަނިއޯ ވިދާޅުވީ، އަރަބި ޤައުމުތައް ހިމެނޭ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ބޭނުންކުރާ މިސައިލާއި އެނޫންވެސް ގިނަ ހަތިޔާރުތަކަކީ އީރާނުން އުފައްދާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.

އެންޓެނިއޯ ވިދާޅުވެފައި ވަނީ، މިއީ އީރާނުގެ އުފެއްދުންތަކެއްކަން ހާމަވެފައި ވަނީ މިގެ ކުރިން ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ހަތިޔާރުގެ ބައިތައް ހޯދައި ބެލި ބެލުމުން ކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި މިދިޔަ މޭއި މަހު ސައުދީގެ ތެޔޮއުފައްދާ ކާރުޚާނާތަކަށް ދިން ހަމަލާތަކުގައި ވެސް ބޭނުންކޮށްފައި ވަނީ އީރަނުގެ މިސައިލްތަކެއްކަން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ އެމެރިކާއިން އަތުލައިގަންނަ މިފަދަ ހަތިޔާރުގެ ތެރޭގައިވެސް އީރާނުން އުފައްދާފައިވާ ހަތިޔާރު ފެނިފައިވާ ކަމަށް އެނޓެނިއޯ ވިދާޅުިއެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހާއި ދެމެދުވެސް އެމެރިކާގެ އެކި ސަރަޙައްދުތަކުން ޤަވާއިދާ ޚިލާފަށް ގެންގުޅުނު މިފަދަ ގިނަ ހަތިޔާރާއި، ހަތިޔާރު އުފެއްދުމަށް ބޭނުންވާ ތަކެތި ހޯދާފައިވާ ކަމަށް އެންޓަނިއޯ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި، އެމެރިކާ އިން އަތުލައިގަތް ބައެއް ހަތިޔާރުތަކުގެ ތެރޭގައި ވެސް ސައުދީ އަރަބިއްޔާއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ހަތިޔާރާއި އެއްގޮތް ތަކެތި ވަނީ ފެނިފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން އީރާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެމެރިކާއިން އީރާނަށް ކުރި މިފަދަ ތުހުމަތުތަކާއި ގުޅިގެން އީރާނުން ވަނީ އެޤައުމުން ޤަވާއިދާ ޚިލާފަށް ހަތިޔާރު ބޭނުންކުރުމުގެ އެއްވެސް ހަރަކާތެއް ހިންގަމުން ނުދާކަމަށް ބުނެފައެވެ.

ސައުދީއަށް އާންމުކޮށް ނިރުބަވެރި ހަމަލާތައް ދޭން މަސައްކަތްކުރަނީ ހޫތީ ހަނގުރާމަވެރިންނެވެ. ޔަމަނުގައި ހަރަކާތްތެރިވާ މި ޖަމާޢަތަކީ ދުނިޔޭގައި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ތެރޭގައި ހިމެނޭ ޖަމާޢަތެކެވެ. ލައްކައެއްހައި މެމްބަރުން ހިމެނޭ މި ޖަމާޢަތުން މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ސައުދީގެ އެކި ސަރަޙައްދުތަކަށް މިސައިލް ފޮނުވާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. މިގޮތުން ދާދިފަހުން ވެސް މައްކާއަށް ދޭން އުޅުނު މިސައިލް ހަމަލާއެއް ސައުދީ އަސްކަރިއްޔާއިން ނާކާމިޔާބުކޮށްލާފައި ވެއެވެ.

އީރާނުން ޤަވާއިދާ ޚިލާފަށް ހަތިޔާރު ބޭރުކޮށް ނިރުބަވެރި ޖަމާޢަތްތަކަށް ފޯރުކޮށްދޭ ކަމަށް އެމެރިކާއިން މީގެ ކުރިން އަބަދުވެސް ތުހުމަތު ކުރެއެވެ. އެމެރިކާ އާއި އީރާނާއި ދެމެދުގައި ކުރިންވެސް މި ބަހުސްތައް ކުރިޔަށް ގޮސްފައިވާއިރު، އެމެރިކާއިން ދެކޭގޮތުން އީރާނަކީ އަރަބި ޤައުމުތަކަށް އޮތް ނުރައްކަލެކެވެ.

އެމެރިކާ އިން އީރާނާއި ދެކޮޅަށް މިފަދަ ވާހަކަތައް ދައްކަމުން ދާއިރު، އެޤައުމާއި ދެކޮޅަށް ހަމައެކަނި ބަސްބުނާ ޤައުމަކީ އީރާނެވެ. އަދި އެމެރިކާ އެންމެ ޖެހިލުންވާ ޤައުމަކީވެސް އީރާނެވެ. އެމެރިކާއިން މެދުއިރުމަތީގައި ހިންގަމުންދާ ހަރަކާތްތަކާއި އިސްރާއީލަށް ވާގިވެރިވެ ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައްވެސް އީރާނުން ކުށްވެރި ކުރެއެވެ. މިކަމުގެ ސަބަބުން އީރާނަކީ އަބަދުވެސް އެމެރިކާގެ ހަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަވާޖް އަހުމަދު

    ވަރަށް ފުރިހަމަ ލިޔުމެއް..އީރާން ނެއްނަމަ އެމަރިކާ އާއި އިސްރާއީލް ބޭނުން ކުޅިގަނޑެއް މެދުއިރުމަތީގައިކުޅޭނެ..އީރާން ދެކެ ބިރުން ކަމެއްކުރަންނުކެރެނީ

    8
    1
  2. ވަހީދު

    ފަލަސްތީނުގެ ދިފާއުގައި ބިރަކާނުލައި ފާޅުގައި މުޖާހިދުންނަށް މިސައިލާއި ރޮކެޓް ދެނީ އެންމެ ގައުމަކުން އެއީ އީރާން...އީރާން ފަލަސްތީނުގެ ދިފާއުގައި ނޯންނަނަމަ އިސްރާއީލު ޢައްޒާ އަށް ބޭނުންގޮތެއްހަދާލާނެ

    5
    1
  3. އސ

    ޝައްކެއް އޮތް ކަމެއް ތަ ތިއީ
    ރާފިޟީންތައް މާ ނުބައިކަން ބޮޑު ބައެއް

    3
    1