ކޮވިޑް-19 ޖެހޭ މީހުންނާއި މެދު އިންޑިއާ އިން އަމަލު ކުރަނީ ޖަނަވާރުންނާއި މެދު ވެސް ބަޔަކު އަމަލު ކުރާނެ ގޮތައްވުރެ އިހާނެތިކޮށް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ހާއްސަކޮށް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތަކާއި އަދި ބަލި ޖެހޭ މީހުންނާއި މެދު އެހެން މީހުން އަމަލުތައް ބަހައްޓާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ގިނަ މީހުންގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތް ހިފަހައްޓޭފަދަ ގޮތަކަށް ނޫން ކަމަށެވެ.
"އެއް ހާދިސާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތީ ކުނިތަކެއްގެ ތެރޭގައެވެ. ބަލި މީހުން މަރުވަމުން ދަނީ އެމީހުންނަށް އެހީތެރިވާނެ، ފަރުވާއެއް ދޭނެ އެއްވެސް މީހަކު ކައިރީގައި ނެތިއެވެ." ސުޕްރީމް ކޯޓުން ބުންޏެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންނާއި، މަރުވާ މީހުންނާއި މެދު، އިންސާނުންނާއި މެދު ކަންތައް ކުރަން ޖެހޭނެ ރިވެތި އުސޫލުންތައް ކަންތައްތައް ކުރެވޭކަން ކަށަވަރު ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހޭ ބައެއް މީހުންގެ ހަށިތަކުގައި ވާޖަހައިގެން އެއްތަނުން އަނެއް ތަނަށް އުފުލަމުން ގެންދެއެވެ. އަދި ބަލި ޖެހިގެން މަރުވާ މީހުންގެ ހިންދޫންގެ އާދަކާދައިގެ މަތިން އަންދާލާއިރު ވެސް ހަށިތަކާއި މެދު އިހްތިރާމް ކުޑަވާ ގޮތައް އަމަލުތައް ކުރަމުން ގެންދާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ކޮވިޑް-19 އަށް އިންޑިއާގައި ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ކޮވިޑް-19 ޖެހިގެން 8890 މީހަކު އިންޑިއާ އިން ވަނީ މަރުވެފައެވެ. ނަމަވެސް މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާ އިން މަރުވެފައިވާ މީހުންގެ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރު ވާނެއެވެ.
ކޮންދުވަހަތޯ އެމީހުން އިންސާނުންނަކީ އިންސާނުންކަން ދަންނަނީ ނަމަވެސް މިޤައުމުގައި އެމީހުންވަރު ބައެއް ނެތިގެން އުޅެބަޔަކުވެސް އެބަތިބި
ގެރިއެއްގެ ކަރުގައި ދަންމަޅިއެއްއައްސައިގެން ދަމާބަލަ
އިންޑިޔާގެ ސްޕުރީމުކޯޓުން އަމުރުނެރެބަލަ ގެރިމޯދީ ރާއްޖެފޮނުވި އިންޑިޔާގެ ސިފައިން ވަގުތުން އިންޑިޔާ ޔަށް ގެންދިޔުމަށް އަދި އެހެންގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް އަންގާ އިންޒާރު ކޮށް