ކޮވިޑް-19 އާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ވެރިކަންކުރާ ނިއުދިއްލީގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމަށް ޤާއިމްކޮށްފައިވާ ސަހަރާ ފުރި މުސްލިމުންނަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިދާރާތަކުން ދީފިއެވެ.
ދިއްލީގެ ސަހަރާތައް ބަލަހައްޓާ ރަސްމީ އިދާރާ އިން މިކަން ހާމަކޮށް ބުނެފައި ވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސަރަޙައްދުން މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން އަންނައިރު، ސަހަރާގެ ޖާގަ ފުރިފައިވާ ކަމަށެވެ.
ދިއްލީގައި މަރުވާ މުސްލިމުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދަނީ އެންމެ ސަހަރާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެތަނުގައި މިހާރުވެސް ޖާގައަށްވުރެ އިތުރަށް މީހުން ވަޅުލާފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިއްލީން މަރުވާ މީހުންގ ހަށިތައް އެހެން ހިސާބުތަކަށް ގެންދިއުން ވެސް މަނާކޮށްފައިވާ މި ދަނޑިވަޅުގައި ދިއްލީގެ މޯޗަރީތައްވެސް ފުރެމުން އަންނާތީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެހެންކަމުން ދިއްލީގެ އެހެން ބައެއް ހިސާބުތަކުގައި މުސްލިމުން ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
އިދާރާތަކުން ބުނާގޮތުން ކޮވިޑް-19 ފެތުރެން ފެށިފަހުން ދިއްލީގައި މިހާރު ދުވާލެއްގެ މައްޗަށް 10-12 އާއި ދެމެދުގެ އަދަދަކަށް މީހުން ވަޅުލާން ޖެހެއެވެ. ދިއްލީގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ހަމަ އެކަނި އެ ސަރަޙައްދުން ވެސް މަރުވެފައި ވެއެވެ.
އިންޑިއާއަކީ މިހާރު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން އެޤައުމުން މި ބައްޔަށް ފައްސިވާ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިންޑިއާއިން މިހާތަނަށް ޖުމްލަ 321,626 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 9,199 މީހަކު މަރުވެފައިވެއެވެ.
އިންޑިޔާގެ ބިން ފުރުނީތޯ.
ދިއްލީގައި ބިން ފުރޭވާހަކަ ދޯ އެކިޔަނީ . އިންޑިޔާއެކޭ ނޫން. މާލޭގަ ބިންފުރިފަ ދޯ. އެކަމަކު ރާއްޖެއަކޫ ނޫން.
އިންޑިޔާގެ ބިން ފުރުނީތޯ
މޯދީ ދިނީމަ ލިބެނީ ، އަންނިކައިރީ އާދޭސް ކޮއްގެން ފަހަރެއްގަ މޮޅުއެއްޗެއް ބުނެދާނެ.