ޗައިނާއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެެއެވެ.

އެ ގައުމުން އެންމެ ފަހުން ފެނިފައި މި ވަނީ 57 ކޭސްއެވެ. މިއީ ފާއިތުވެދިޔަ 61 ދުވަސް ތެރޭގައި އެ ގައުމުން އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

މީގެ ތެރެެއިން 37 މީހުންނަނީ ޗައިނާ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރިފައިވާ މީހުންނެވެ.

އަދި 19 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވެފައިވާ މީހުންނެވެ.

މީގެ ތެރެއިން 36 ވޭދަނަ (ކޭސް)އެއް ފެނިފައި ވަނީ ބެއިޖިންގ އިންނެވެ. އަދި ލިއައޮނިންގ ޕްރޮވިންސް އިން ދެ މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެގައުމުން މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އެންމެ ފަހުން މިބަލި ޖެހިގެން އެގައުމުން މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

އެގައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު 83,000 އަށްވުރެ މަތީގައި އުޅޭއިރު، އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 129 މީހަކަށެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކޮވިޑް-19 ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އިއްޔެ އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވި 2 މީހަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިހާތަނަށް އެގައުމުން 4,634 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، 78,369 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޗައިނާއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ބަލި ފެތުރެން ފެށި ގައުމެވެ. އެގައުމުގެ ސިޓީއެއް ކަމަށް ވުހާންއިން ފެތުރެން ފެށި މި ވައިރަސްގެ އަސަރު މިހާރު ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަކަށް ވަނީ ކޮށްފައެވެ. އެ ގައުމުން މި ބަލި ފެތުރެން ފެށުމުން ގިނަ ބަޔަކު ވަނީ އެގައުމުން ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމާއި މެދު ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އެރުމުގެ ކުރިން އެގައުމުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާވަހަރު އަލީ

    ވޭދަނަ އެއީ ކޯޗެއް؟

    7
    4
  2. Anonymous

    ސަލާމަތެއް ނެތެއްނު! އެއްފަހަރު ބުނާނެ ކޮވިޑް ހުރި މީހެއްނެތޭ ވެސް.

    8
    1
  3. އެމަންޖެ

    މިގައުމުގަ މިއުޅެނީ ބަލިޖެހޭމީހުން ފެންނަވަރު ކޮންޓުރޯލް ނުވެގެން މިހާރު ލޮކުޑައުން އުވާލާ ލޫއީތައްދިނީ.