ޗައިނާގައި ތެޔޮ ބައުޒަރެއް ގޮވައި، 18 މީހަކު މަރުވެ 100 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިއްޖެއެވެ.

ގޮވާފައިވަނީ ޗައިނާގެ ޒެޖިއަންގް ޕްރޮވިންސްގެ ޝެންޔަންގެ-ހައިކޫ އެކްސްޕްރެސް ވޭ ގައި ދަތުރު ކުރަމުން ދިއަ ތެޔޮ ބައުޒަރެކެވެ.

މި ބައުޒަރު ގޮވުމާއެކު، ކައިރީގައި ތިބި އެތަކެއް އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އެ ހާދިސާގައި، މިހާތަނަށް 189 މީހުން ޒަހަމް ވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިހާރު 6 މީހަކަށް ފަރުވާ ދެވިފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތުގައި އެތަނުގައި ތިބި ބައެއް މީހުން ގެއްލިގެން މިހާރު ވަނީ ހޯދަން ފަށާފައެވެ.

އެގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ތެޔޮ ބައުޒަރު ގޮވުމާއެކު އިތުރު ގޮވުމެއް އެ ބައުޒަރު އެތަނުގައި ހުރި ކާރުހާނާއަކަށް ވެއްޓުނު ވަގުތު އިވިފައިވާ ކަމަށެވެ.

މަންޒަރު ފެނުން މީހަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ތެޔޮ ބައުޒަރު ގޮވުމާއެކު، ކައިރީގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށެވެ.

ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން މިހާރު ވަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު