އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް އާއި ގުޅިގެން އެކުލަވާލާފައިވާ ގަވާއިދުތަަކާއި ޙިލާފަށް ބޭއްވި ދެ އެއްވުމެއްގައި ހިތާމަވެރި ހާދިސާތަކެއް ހިނގައިފިއެވެ.

ރޭގެ ވަގުތެއްގައި އެ ގައުމުގެ މެންޗެސްޓާގެ ދެ ސަރަހައްދެއްގައި ޖުމްލަ 6،000 މީހުން ވަނީ ލަވަ ކިޔައި. މަޖާކޮށް މިއުޒިކް ކުޅުމަށް އެއްވެފައެވެ.

އެތަނުން ޑްރޮއިލްސްޑެންގައި ބޭއްވި އެއްވުމުގައި ޖުމްލަ 4،000 އަށް ވުރެން ގިނަ މީހުން ބައިވެރި ވެފައިވާ ކަމަށް ފުލުހުން ބުނާއިރު. މި އެއްވުމުގެ ތެރެއިން އުމުރުން 20 އަހަރުގެ ޒުވާނަކު ވަނީ ޑްރަގް އޯވަޑޯސް ވެގެން މަރުވެފައެވެ.

ކެރިންގްޓަންގައި އޮތް އެއްވުމުގައި ޖުމްލަ 2،000 މީހުން ބައިވެރިވިކަމަށް ފުލުހުން ބުނާއިރު، އެ އެއްވުމުގެ ތެރެއިން 3 މީހެއްގެ ގަޔަށް ވަނީ ވަޅި ޖަހައި ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ. އަދި ހަމަ މި އެއްވުމުގައި 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕްވެސް ކޮށްލާފައިވެއެވެ.

ވަޅީގެ ހަމަލާތަކުގެ ޝިކާރަ އަކަށްވި 3 މީހުންގެ ތެރެއިން 18 އަހަރުގެ ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާއިރު، އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ އެމްބިއުލޭންސް އަންނަން ދެން އެ ސީން އަށް ދިޔަ ފުލުހުން އެ މީހާ އަށް ވަގުތީ އަވަސް ފަރުވާ ދިނުމާއި ގުޅިގެންނެވެ.

3 މީހުން ގަޔަށް ވަޅި ޖެހުމުގެ ތުހުމަތުގައި މިހާރު މީހަކު ހައްޔަރުކޮށްފައި ވާއިރު، އަންހެން ކުއްޖާ ރޭޕް ކުރި މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މިކަން ހުއްޓުވަން އައި ފުލުހުންނަށް އެތަނަށް އެއްވެ ތިބި މީހުން އެކި ކަހަލަ އުނދަގޫތަކާއި ފުރައްސާރަ ކޮށްފައި ވުމުން އެ ގައުމުގެ ފުލުހުން ބުނެފައި ވަނީ އެ މައްސަލަވެސް ބަލާނެ ކަމަށެވެ.

މުޅި ދުނިޔެ އިންވެސް 5ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އިނގިރޭސިވިލާތުގައި ގައިދުރުކުުރުމުގެ ގަވާއިދުތަކާއި ޙިލާފަށް މިފަދަ އެއްވުންތަކެއް ބޭއްވުމުން އެ ގައުމުގެ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިނެކް

    މަޖިލިސް ބޮއްޅަބެ ކޮބާ ދޮންމީހުން މިއުޅޫގޮތަށޯ
    ޢުޅެންވީ ހެހެހޭ މަވާސަން ގައިގާދުރު ވޯޓުންވެސް
    ދުރު

    47
    8
  2. ބޭޗާރާ

    ދޮން މީހުން އުޅޭ ގޮތަށް އުޅުނީމާ ސަލާމަތްވާނެ ކަމަށް އުޅޭ ސޮރަކު މިގައުމުގައި އުޅޭނެ. އެސޮރު ބުނާ ގޮތަށް ތަބާވެގެން ދޮން މީހުން އުޅޭގޮތަށް ގޮތެއް ފޮތެއް އަދަބެއް ސަދަބެއް ދީނެއް މިއްލަތެއް ނެތި އުޅޭ ބައިގަނޑެއް ރީނދޫ ހުންޖެހިފައި ތިބޭނެ.

    17
    1