ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް ތަކުރާރުކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދެމުން ގެންދިޔަ ނަމަވެސް އެކަމަށް އެމެރިކާގެ ގިނަ ރައްޔިތުން، ގައިދުރުކަމަށް އިސްކަން ދެމުން ނުދާކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވާން ފަށާއިފިއެވެ.

އިއްޔެ ވެސް އެމެރިކާ އިން ވަނީ 19920 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 326 މީހަކު މަރުވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު، އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، އެންމެ ބޮޑަށް ހާލަތު ގޯސްވި ނިއުޔޯކްގެ ތަރުޖަމާން ކޫމޯ ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވަ ވިދާޅުވީ ނިއުޔޯކްގައި ފުރަބަންދަށް ދިން ލުއިތައް ގިނަ މީހުން ބޭނުން ކުރަމުން ގެންދަނީ ރަސްމީ އިދާރާތަކުން އަންގާފައިވާ އެންގުންތަކާއި ހިލާފަށް ކަމަށެވެ.

"މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ދެވަނަ ފުރަބަންދަކަށް ދާން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަދި ފުރަބަންދަށް އިތުރު ލުއިތައް ދިނުން މަޑުޖައްސާލަން ވެސް ޖެހިދާނެ." ކޫމޯ ވިދާޅުވިއެވެ.

ކޫމޯގެ އިތުރުން އެހެން ސްޓޭޓްތަކުގެ ގިނަ ގަވަރުނަރުން ވެސް ވަނީ ފުރަބަންދުގެ ލުއިތައް އާއްމުން ބޭނުން ކުރަމުން ގެންދާ ގޮތުން ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

އިންފެކްޝަސް ޑިސީސް އާއި ބެހޭ އެމެރިކާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.މައިކަލް އޮސްޓާހޮމް އިއްޔެ "ފޮކްސް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާބާދީގެ 60 އިންސައްތަ އާއި 70 އިންސައްތައާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލި ނުޖެހެނީސް، ބަލި ކޮންޓްރޯލް ވެގެން ނުދާނެ ކަމަށެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ނުއުފެއްދުނު ނަމަވެސް އާބަދީގެ 70 އިންސައްތަ މީހުންނަށް ބަލި ޖެހި، އެމީހުންގެ ދިފާއީ ނިޒާމު ބައްޔާއި ދެކޮޅަށް ތައްޔާރު ވެއްޖެނަމަ މިހާރު ބަލި ފެތުރެމުން މިދާ ނިސްބަތައް މަޑުޖެހުމެއް އައިސް، ބަލި ކޮންޓްރޯލް ކުރެވޭނެއެވެ. ނަމަވެސް އެކަމަށް ވަރަށް ދިގު މުއްދަތެއް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު