ކޮވިޑް-19 އަށް އެމެރިކާގައި ޓެސްޓު ނުކުރާނަމަ ވޭދަނަ (ކޭސްތައް) އެންމެ މަދު ވާނީ އެ ގައުމުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެ ގައުމުގެ މިނިސްޓަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިހާރުވެސް އެ ގައުމުން ވައިރަހަށް ޓެސްޓު ކުރުން ހުއްޓާލައިފިނަމަ އެ ގައުމަށް ވުރެން ނިސްބަތުން ވޭދަނަތައް މަދު ގައުމެއް ނޯންނާނެ ކަމަށެވެ.

މުޅި ދުނިޔެ އިންވެސް މިހައިތަނަށް އެންމެ ގިނަ ބަޔަކު ވައިރަހަށް ފައްސިވެފައި ވަނީ އެމެރިކާ އިން ކަމުގައި ވާއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޓްރަމްޕް ވަނީ ޓެސްޓު ކުރުން މަދު ކުރަން ޖެހޭކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ.

” މީޑިއާތަކުން ވަރަށް ބުނާ ހިތްވޭ އެމެރިކާގައޭ އެންމެ ގިނަ ވޭދަނަ (ކޭސްތައް) އޮތީ. އެކަމަކު އެމެރިކާ އިން އެހެން ގައުމުތަކަށް ވުރެން އެތައް ގުނައެއް ގިނައިން ވައިރަހަށް މީހުން ޓެސްޓު ވެސް ކުރޭ. އަހަރެމެން ވަރަށް މަދުން ޓެސްޓު ކުރަން ފަށައިފިއްޔާ މިހައި ގިނަ ވޭދަނަތަކެއް ނުހުންނާނެ. އަނެންހެން ބުނަންޏާ ގިނައިން ޓެސްޓުތައް ހަދައިގެން އަހަރެމެންގެ އަގު މި ވައްޓާލެވެނީ“ ޓްރަމްޕް ބުނެފައިވެއެވެ.

އެމެރިކާގައި މިހައިތަނަށް 2.16 މިލިއަން މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. އޭގެ ތެރެއިން 674 މީހަކު ފަރުވާ ދީގެން ރަނގަޅުވެފައި ވާއިރު، 118،000 މީހަކު ވަނީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  674 މީހުން ެ އެކަނި ރަގަޅު ވީ؟؟؟؟

  10
  1
 2. އެމަންޖެ

  މީހަމަ ދެވަނަ އަންނި.

 3. ހިލަރީ

  ޓްރަމްޕްއަކީ ހަމަ ޖީނިއަސް އެއް?

 4. ައަހުމަދު

  ޕޮޒިޓިވްވާމީހުން މަދުވެދާނެ ޓެސްޓްތައް މަދުން ކޮށްފިއްޔާމުން ، އެކަމަކު ތިބަލީގައި މީހުންމަރުވުން ހުއޮޓުވާނީކިހިނެއްބާ؟