މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 730 މީހަކު މަރުވެއްޖެއެެވެ.

އެ ގައުމުން ކޮންމެ ދުވަހަކުވެސް މި ވައިރަސް ޖެހިގެން އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މިއަދާއި ހަމައަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މި ވަނީ 18310އަށް އަރާފައެވެ.

އެ ގައުމުން އިތުރު 4599 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އެ ގައުމުން ފައްސިވި މީހުުންގެ ޖުމްލަ އަދަދު ވަނީ 154836 އަށް އަރާފައެވެ.

އިއްޔެ އެގައުމުން 3000 އަށްވުރެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާއިރު، 439 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯއިން މި ބަލި ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހު ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގައުމުން މި ބަލި ޖެހިގެން 116,178 މީހަކު ރަނގަޅުވެފައިވާއިރު، ހާލު ދެރަވެގެން އައިސީޔޫގައި 378 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މެކްސިކޯއިން މި ބަލި ޖެހިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އެގައުމުގެ ގިނަ ރައްޔިތުން އަބަދުވެސް އަންނަނީ ބަލި ޖެހިގެން އަސްލު މަރުވާ މީހުންގެ އަދަދު ސަރުކާރުން ހާމަ ނުކުރާ ކަމަށް ބުނަމުންނެވެ.

މެކްސިކޯ ހިމެނޭ ގޮތަށް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ. މެކްސިކޯއަކީ މުޅި ދުނިޔެއަށް ބަލާއިރު 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ

ކިޔުންތެރިންގެ ހިޔާލު