ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިއާއަށް މާބޮޑު އަސަރެއް ކޮށްފައި ނުވާކަމަށް އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިއާގެ ހާލަތާއި މެދު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، އިންޑިއާއަކީ ކޮވިޑް-19 ގައި މިހާތަނަށް ދުނިޔެއިން އެންމެ މަދު ބަޔަކު މަރުވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ.

އަދި އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު މަތީގައި އުޅުނު ނަމަވެސް އެކަމުން މާބޮޑު ނުރައްކާތެރި އަސަރެއް ޤައުމަށް ކުރަމުން ނުދާކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާންމުން ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުވުމަށް މޯދީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މޯދީ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތާއި އެކު ޤައުމުގެ އިޤްތިސާދު ހީނަރުވެފައި އޮތްނަމަވެސް، އިޤްތިސާދު ކުރިއެރުވުމުގެ ޤާބިލްކަން އެބަހުރި ކަމަށެވެ. އެހެންކަމުން މިހާރު އިންޑިއާ ތައްޔާރުވަމުން ދަނީ މި ބަލިމަޑުކަމާއެކު އާ އާންމު ހާލަތެއްގެ ދަށުން ކުރިޔަށްދާން ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާއަށް ކޮވިޑް-19 ގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާ ކަމަށް މޯދީ ވިދާޅުވިނަމަވެސް އެޤައުމަކީ ދުނިޔެއިން މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމެކެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ޤައުމެވެ.

ހަމަ އެހެންމެ އިންޑިއާއަކި މި ބަލިމަޑުކަމުގައި ޕީކް އަންނާނީ، ނުވަތަ ބަލި އެންމެ ބޮޑަށް ފެތުރޭނީ އަންނަ ނޮވެމްބަރު ހިސާބުގައި ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިއާރްއެމްސީ) އިން ކުރިޔަށްގެންދިޔަ ދިރާސާއަކުން ވަނީ ދައްކާފައެވެ.

މިހާތަނަށް އިންޑިއާއިން ޖުމްލަ 367000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި މި ބަލީގައި 12000 އަށްވުރެ ގިނަ މީހުން އެޤައުމުން މަރުވެފައި ވާއިރު، އިންޑިއާގައި މި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެޤައުމުގެ އިދާރާތަކުން ހާމަކޮށްފައި ވާގޮތުން، މިހާރު އިންޑިއާގައި ކޮވިޑް-19 އަށް ފަރުވާދޭ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަހެންބުނި ބު ރަޒީލާއެމެރިކާއިންވެސް ރައިއްޔަތުންހަނާވިއަސް ތިޔަމަގާމުގަހުރެވުނީ އޯކޭއޭދޯ ތިޔަބުނީ ނަމަސްތޭމޯދީސާހަބް!

    22
  2. އައްޑޫ ލެއި

    އަސަރު ކުރިކަމަށް ވާނީ ގިނަ އަދަދަކަށް ގެރިތަކަށް ބަލިޖެހުނީމަ ބޯބުރާންތި

    28
  3. ލާލާ

    ހުރިހާރައްޔިތުން މަރުވެހުސްވާއިރުވެސް މަބުނާނީމިހެން މާބޮޑު އަސަރެއްނުކުރެޔޭ މަށަކައްނުފެނެޔޭ ބަލިވެއުޅޭމީހަކު މަދާންވާތަންތަނައް މައެބަދަމޭ އަހަރެންކައރީ މީހުން އައިސް ބުނާއަޑޭއިވެނީ މިޤައުމުގަބަލި އެބައުޅެޔޭ މަށަކީ އެމީހުން އުޅޭގޮތްބަލާމީހެއްނޫނޭ

    22
  4. އެމަންޖެ

    އެއްގެރި މިބަލީގަ މަރުވިޔަސް ގެރިމޯދީ ބުނާނެ މިބަލިން އެއްމެ ބޮޑައްއަސަރު ކުރަނީ އިނޑިޔާ އަށޭ އެހެޔޮ ގައުމުގެ ރައްޔިތުން މަރުވެ ހުސްވިޔަސް.

  5. މ

    ޜާއްޖޭގެ ރަޢިސް ވެސް ބުނި .. ބޭންކް ގައި ފައިސާ އެބަހުއްޓޭ.. ރައްޔިތުންގެ އަތުގައި ފައިސާ އެބަހުއްޓޭ
    މިހާ ރު ކިކޭބާ ބުނާނީ....ގައުމުމުގެ ރިޒާވް ގައި 270 މިލިޔަން

  6. ދަރަނި ދަންތުރަ

    ގަމާރު ވާނުވާ ނޭގުނަސް ބޮޑުވަރު 100 ގެރި މަރެއްނުވޭ އެހެންވީމަ ބޮޑުވަރެއްނުވޭތާދޯ ހޮސްޕިޓަލްތަށް ފުރި ރޭލްތަކުގައި މީހުން އަތުރާފައި މަރުވާ މީހުން މަގުތަކުގައި ފުނިޖެހިފައި ކުނިގޮނޑަށް އުކަނީ ބޮޑުވަރެއްނުވޭތާ...