މި ހަފްތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އިންޑިއާ އާއި ޗައިނާ ގުޅޭ ސަރަޙައްދީ އިމުގައި ދެޤައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމުގައި އިންޑިއާ ސިފައިން ޗައިނާގެ ބިމުން ބައެއް އަތުލައިގެންފައިވާ ކަމަށް ބުނެ އެޤައުމުގެ ބައެއް ފަރާތްތަކުން ދަތުރެމުންދަނީ ދޮގެއްކަން ހާމަވެއްޖެ އެވެ.

އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެ 70 އަށްވުރެ ގިނަ މީހުން ޒަޚަމްވި މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބައެއް ފަރާތްތަކުން، އޮފިޝަލުންނާއި ހަވާލާދީ މީސްމީޑިއާގައި ޙިއްސާކުރަމުންދާ ޕޯސްޓުތަކުގައި ބުނާގޮތުން މި ކުރިމަތިލުމުގައި އިންޑިއާ ސިފައިން މަރުވެދިޔައީ ޗައިނާއިން ބާރުފޯރުވާ، ެއިންޑިއާއަށް ހައްޤުވާ ބިމެއް އަތުލައިގަތުމަށްފަހު ކަމަށެވެ. މިއީ ޤައުމަށްޓަކައި ކުރި ޖިހާދެއް ކަމަށް ބުނެ އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު އަންނަނީ މިހަކާއި މެދު ފަޚުރުވެރިވާކަން ހާމަކުރަމުންނެވެ.

މި ހާދިސާ އާއި ގުޅިގެން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވީ، މި ކުރިމަތިލުމުގައި އިންޑިއާ ސިފައިން ޗައިނާގެ ސަރަޙައްދެއް އަތުލައިނުގަންނަ ކަމަށާއި، ޗައިނާ ސިފައިންވެސް އިންޑިއާގެ ޕޯސްޓެއް އަތުލައިގަނެފައި ނުވާކަމަށެވެ. އަދި މި ކުރިމަތިލުން ހިނގި ވަގުތު ދެޤައުމުގެ ސިފައިންވެސް ހަތިޔާރު ބޭނުންކޮށްފައި ނުވާކަމަށް މޯދީ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ އިންޑިއާ ސިފައިން، ކޮންޓްރޯލް ކޮށްފައިވާ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޗައިނާ ސަރަޙައްދަށް ވަނުމުންނެވެ. އެއާއެކު ޗައިނާ ސިފައިން އިންޑިއާ ސިފައިންނާއި ކުރިމަތިލައި ހަމަލާ ދީފައި ވަނީ ގަލުން ތަޅައިގެންކަން ވެސް ހާމަވެފައި ވެއެވެ. މި ހާދިސާގައި އިންޑިއާ ސިފައިން މަރުވެފައި ވަނީ ގަލުން ތަޅައިގެން ދިން ހަމަލާތަކުގައި ކަން މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާއިން ވެސް ހާމަކޮށްފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ކަމާއި ބެހޭ ފަރާތުން މާގިނަ ވާހަކަތަކެއް ދައްކާފައި ނުވާތީ އާއި، ރައްދު ދިނުމަށް މަސައްކަތް ނުކުރާތީ އެޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ އިންޑިއާ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މިހާތަނަށް މި ހާދިސާ އާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ މައްސަލަ ސުލްޙަ ކުރެވޭތޯއެވެ.

ހޯމަ ދުވަހުގެ ހާދިސާގައި އިންޑިއާގެ 20 ސިފައިންގެ މީހަކު މަރުވުމުގެ އިތުރުން ސިފައިންގެ 76 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ނޫސްތައް ބުނެއެވެ. މި ހާދިސާގައި ޗައިނާ ސިފައިންގެ މީހަކު މަރުނުވާއިރު، އެޤައުމުގެ ބައެއް ސިފައިން ޒަޚަމްކޮށްލާފައިވާނެ ކަމަށް އިންޑިއާ އަސްކަރިއްޔާއިން ކުރިން ބުނެފައި ވެއެވެ. ނަމަވެސް އެކަމާއި ގުޅޭ މަޢުލޫމާތެއް ޗައިނާގެ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

މިއީ ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި ވެސް އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާއި ދެމެދު ހިނގި މިފަދަ އެންމެ ބޮޑު ކުރިމަތިލުމެވެ. މި ކުރިމަތިލުމާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށްޓަކައި އިންޑިއާ އަސްކަރިއްޔާ އިން ވަނީ ސަރަޙައްދީ އިމުގައި ހަރަކާތްތެރިވާ ސިފައިން މިކަމާއި ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.

އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަޙައްދަކީ ދުނިޔެއިން ވެސް އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އެއް ސަރަޙައްދެވެ. މި ދެޤައުމުގެ ގުޅޭ ބޯޑަރު އޮންނަނީ އިންޑިއާގެ ލަޑާކް ސަރަޙައްދުގައެވެ. އިންޑިއާ އާއި ޗައިނާ ގުޅޭ މި ހިސާބުގައި ދެޤައުމުގެ ސިފައިން ފޯރިމަރަން ހަރަކާތްތެރިވަނީ ދާދި ކައިރި ކައިރީގައެވެ. މިގޮތުން ފޯރިމަރަން ތިބޭއިރު، ޤަވާއިދާ ޚިލާފަށް ސިފައިން އެއްޤައުމުން އަނެއް ޤައުމެއްގެ ސަރަޙައްދީ އިން ހުރަސްކޮށްފި ނަމަ ހަތިޔާރުން ހަމަލާދިނުމުގެ އިޚްތިޔާރު ދެޤައުމުގެ ސިފައިންނަށް ވެސް ލިބިގެން ވެއެވެ.

މުޅި ދުނިޔެއިން ވެސް އެންމެ ބިން ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ޗައިނާ އިން ބިމުގެ މައްސަލައިގައި ކޯޅި މީގެ ކުރިން ވަރުގަދަ ހަނގުރާމައެއް ވެސް ކޮށްފައިވެއެވެ. މިގޮތުން 1962 ވަނަ އަހަރު މި ދެޤައުމުން ކުރި ހަނގުރާމައަށްފަހު ސުލްޙަ ވުމަށް ގިނަ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ދެޤައުމުގެ ނުތަނަވަސް ކަމަށް އޭގެ ފަހުން މާބޮޑު ފިނިކަމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމިި

    ކުދންކޮޅު ހިންހަމަ ޖައްސަން ދައްކާ ވާހަކަ

    16
  2. ބޯހަލާކު

    އިންޑިޔާއަކީ މިހާރު ދުނިޔެއަށް އޮ ތްބޮޑުބަލާވެރިކަމެއް..ލަންކާގެ ދާހިލީހަނގުރާމައަށްވަން، ކަސްމީރު ތެރެއަށް ވަދެ ހިސޯރުކޮއްފި،ނޭޕާލް،މިދިވެހިރާއްޖެއަށްގޯނާކުރަނީ، މިހާރު ދުނިޔޭގައޮ ތް އެއްމެބޮޑުބާރު ޗައިނާއާދިމާކުރަންފެށީ..މިފަހަރު ސައިޒްފެންނާނެ..މޯދީއަށް ސައިޒް އޮޅުނީ..؟!
    ހިންދުކަރަ އަދި އިސްލާމުންގެއަ ތްދަށައްއައްނަކަން
    ބޯގަޅިމޯދީއަށާ ބޯގަޅި ނަޝީދުއަށް ނޭނގެނީދޯ..

  3. އަލިބެ

    ރާއްޖޭ ފުލްހުންވެސް ވ.މޮޅުވާނެ ގާއުކަން.އެއީ ބަނޑާރަ ކޮއްޓައް އޮށްގާ އުކައިގެން ދިވެހި ސިފައން ބަލިކުރިބައެއް

    2
    1