ޔޯގާ އަކީ ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭނެ އައްޑަނައެއް ކަމަށް ހިންދޫގެ ވިސްނުމާއި ފިކުރާއި އެއްގޮތައް ވެރިކަމުގެ ހުރިހާ ކަމެއް ނިންމަމުން ގެންދާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރަން ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯ މެސެޖެއްގައެވެ.
މޯދީ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ކުރެވިދާނެ އެންމެ މުހިއްމު ކަމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުން ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށް ވެސް އެބައެނގޭ މިހާތަނަށް އަދި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިފައި ނެތް ކަން. މިހާރު ކުރެވެން އޮތް ކަމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުން. ޔޯގާ އަކީ އަހަރެމެންނަށް އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް. އެއީ ބޮޑީގާދެއް އަދި އަހަރެމެންގެ އާއިލާ މެންބަރެއް." މޯދީ ވިދާޅިވިއެވެ.
މޯދީ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގިނަ މީހުންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް ވެސް ޔޯގާގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ.
2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން މޯދީ ގެންދަވަނީ ޔޯގާ ޕްރޮމޯޓް ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. މޯދީ ވަނީ ޔޯގާ ޕްރޮމޯޓް ކުރެއްވުމަށް ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވާފައެވެ.
ބައިނަލްއަޤުވާމީ ގޮތުން ޔޯގާ ދުވަހެއް ފާހަގަ ކުރަން އދ.އަށް ހުށަހެޅުއްވީ ވެސް މޯދީއެވެ. މޯދީ ހުށަހެޅުއްވި ގޮތައް ބައިނަލްއަޤުވާމީ ޔޯގާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 21 ވަނަ ދުވަސް ކަމަށް އދ.އިން ވަނީ ކަނޑައަޅާފައެވެ.
2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންޑިއާ އާއި އެހެން ގިނަ ގައުމުތަކެއްގައި ޖޫން 21 ވަނަ ދުވަހު އާއްމު ތަންތަނަށް އެއްވެސް ޔޯގާގެ ކަސްރަތުތައް ކުރުން އޮވެއެވެ. ނަމަވެސް މިއަހަރު އެފަދަ ހަރަކާތްތައް ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.
ބޯގަޅިއެއް ތީ...!!!
މިޤައުމުގައި އަނެއްކާ މަޖްލިސް މެމްބަރުން ޔޯގާ ނުޖައްސާނެބާ
ޖައްސަފާނެ. މީ ކުޑަމޯދީގެ ސަރުކާރެއްނުު. މެންބަރުންނާއި ވަޒީރުންވެސް ވަރަށްއަވަހަށް ޔޯގާހަދަން ފަށާނެކަމަށް ބެލެވެނީ. ކޮރޯނާ ވައިރަހަށް އަޅުކަންކުރާމީހުންވެސް އިންޑިޔާގައި އުޅޭނު
ތީތެދެއް.
ތީ ބޮދު މޮޔައެއް
މޮދީ އަކީ ބޮޑު މޮޔައެއް އެހެންވޭ އިންޑިއާ މޮޔިއީ
ކޮންމެވެސް މޮޔައެއް ވާންޖެހޭނޭ ވެރިކަން ދަމަހައްޱަން. މޮޔަ ގެރި މޯރީ ގަނޑު
ރާއްޖެގެ މަޖިލީހުގައި އޮތީ މުގުދަރު އެނބުރުން
ފައްޓަވާ ދެއްވަވާނީ...މަޖިލީހުގެ ރައީސް
އިވި ވަޑައި ގަތް ތޯ އެ ޖާހިލު މޯދީ ގެ ބަސް
ދުނިޔެ ދުށް އަނިޔާގެ ވެ ރި ޖާހިލު ގެ ބަސް
ހަމަ އަންނި މީހަމަ މިމީހުންގެ ވައްތަރޭދޯ.