ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ ވައިރަސް، ކޮވިޑް-19 އަށް މުޅި ދުނިޔެ އިން ފައްސިވި މީހުންގެ އަދަދު 8.8 މިލިއަނަށް ވުރެން މައްޗައް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން މުޅި ދުނިޔެ އިން ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 8.69 މިލިއަނަށް އަރާފައެވެ. މިހައިތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 4.27 މިލިއަން މީހުން ކަމުގައި ވާއިރު، ޖުމްލަ 461،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހައިތަނަށް މި ވައިރަހަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުން ޖުމްލަ 2.27 މިލިއަން މީހުން ފައްސި ވެފައި ވާއިރު، ދެން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ ބްރެޒިލް އިންނެވެ. އެ ގައުމުން 1.4 މިލިއަން މީހުން ފައްސިވެފައި ވާއިރު، ރަޝިޔާ އިން 577،000 މީހަކު ވަނީ ފައްސިވެފައެވެ.

މި ލިސްޓުގެ 4 ވަނާގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. އެ ގައުމުން ޖުމްލަ 395،000 އަށް ވުރެން ގިނަ މީހުން ފައްސިވެފައި ވާއިރު 214،000 މީހަކު ވަނީ ރަނގަޅު ވެފައެވެ. އަދި ވައިރަހުގެ ޝިކާރަ އަކަށްވެ ޖުމްލަ 12،948 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު