ދާދި ފަހުން އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެމެދުގެ ސިފައިންގެ މެދުގައި ހިނގި ހަމަނުޖެހުން ތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރާލުމުން ޗައިނާ އާއި އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކުޑަ ކުރަން އެ ގައުމުން ނިންމައިފިއެވެ.

އިންޑިއާގެ މައި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، އެ ގަައުމުގެ ސްޓޭޓުތަކުގެ ގިނަ ސަރުކާރުތަކަކުން ވަނީ ޗައިނާ އާއި ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އުވާލަން ނިންމާފައެވެ.

މިގޮތުން ހަރްޔާނާގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާއި އެކި ހަދާފައިވާ 780 ކްރޯޑުގެ ވިޔަފާރީގެ އެއްބަސްވުމެއް އުވާލަން ނިންމާފައި ވާއިރު، އުއްތަރް ޕްރަދޭޝް އިން ވަނީ ޗައިނާ އިން އެއްވެސް ބާވަތެއްގެ ހަކަތަ އުފައްދަން ބޭނުން ކުރާ އާލާތެއް ނުގަންނަން ނިންމާފައެވެ.

މީގެ އިތުރުންވެސް އެތައް ސްޓޭޓް ތަކެއްގެ ސަރުކާރުތަކުން މިފަދަ ނިންމުންތައް ނިންމާފައި ވާއިރު، ބައެއް ސަރުކާރުތަކުން ވަނީ މިކަމާއި ގުޅިގެން ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ.

އިންޑިއާ ސިފައިންތަކެއް ދާދި ފަހުން ބޯޑަރު ހުރަސްކޮށް، ޗައިނާގެ އިމުގެ ތެރެއަށް ވަތް ކަމަށް ބުނެ ޗައިނާ ސިފައިން ވަނީ އިންޑިއާގެ 20 ސިފައިން މަރާލާފައެވެ. މިކަމާއި ގުޅިގެން އިންޑިއާ ރައްޔިތުން އަންނަނީ ޗައިނާ އާއި ދެކޮޅަށް އަޑު އުފުލައި އެ ގައުމުން އުފައްދާފައިވާ ބައެއް ތަކެތީގައި ހުޅުވެސް ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯދީއިޒްއަބިގޮޓް

    ޗައިނާއިން އުޅެނީ ލާރި ނެތިގެންތަ؟ ތީގެންވެސް ގެއްލުންވާނީ އިންޑިއާގެ ވިޔަފާރިވެރިންނަށާއި މޯދީގެ ފަގީރު ގައުމަށް

    13
  2. ބޯޖަލީލު

    އާން ޗައިނާ ވަރަށް ބިރުގައްނާނެ ގެރިތަށްދެކެ

    12
  3. މަޒް

    އިންޑިއާއަށްވެސް އިންޑިއާގެ ސައިޒު އިގޭތީ ޗައިނާއަށް އަރައި ނުގަތީ.. މިސާލަކަށް އިންޑިއާގެ ސިފައިނތަކެއް އެހެން ގައުމަކުން މަރާލި ނަމަ ގިތެޔޮ މިރުސް ކައިގެން ތިބި ގެރިތަކެއްހެން އަރައިގަންނާނެ.. ހަމަ ސައިޒު އިނގޭތީ ބަދަލު ނުހިފެނީ

    16
  4. No name

    ތީތި ކަޑައޭ