އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހުގެ 04 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް 192 ދޮގު ނުވަތަ ހަޤީޤަތާއި ހިލާފު ވާހަކަ ދައްކާފައިވާ ކަމަށް "ސީއެންއެން" އިން ބުނެފިއެވެ.

ސީއެންއެން އިން ގެންދަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 08 ވަނަ ދުވަހުން ފެށިގެން ޓްރަމްޕް ހަދާ ދޮގުތައް ގުނަމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓްރަމްޕްގެ ދޮގުތައް ގުނަން ފެށި ފަހުން އެވްރެޖްކޮށް ދުވާލަކު 7.7 ދޮގު ޓްރަމްޕް ވަނީ ހަދާފައެވެ.

ޓްރަމްޕް އެންމެ ފަހުން ހެދި 192 ދޮގުގެ ތެރެއިން 61 ދޮގަކީ ކޮވިޑް-19 އާއި ގުޅޭ ގޮތުން ހަދާފައިވާ ދޮގުތަކެވެ. މެއި މަހާއި ޖޫން މަހު ޓްރަމްޕް އެންމެ ގިނައިން ދޮގު ހަދާފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ. އޭގެ އިތުރުން "ފޮކްސް ނިއުސް" ގެ ޕްރޮގްރާމެއްގައި އަދި "އޭބީސީ ވޯލްޑް ނިއުސް ޓްނައިޓް" ޕްރޮގްރާމުގައި ވެސް ދޮގުތަކެއް ހަދާފައި ވެއެވެ.

މިމުއްދަތުގައި ޓްރަމްޕް ހެދި އެންމެ ފާހަގަ ކޮށްލެވޭ ދޮގުތަކުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ޗައިނާ މީހުން އެމެރިކާ އަށް އެތެރެވުން މަނާ ކުރަން ނިންމީ އޭނާ ކަމަށް ޓްރަމްޕް ބުނި ބުނުން ހިމެނެއެވެ. އޭގެ އިތުރުން ކޮވިޑް-19 ޖެހިގެން މިހާރު އެމެރިކާގައި ފަރުވާ ދެމުންދާ މީހުންނަށް ބޭނުންވާ އެންމެ ވެންޓިލޭޓަރެއް ވެސް ބާކީ ނެތް ކަމަށް ބުނެ ހެދި ދޮގު ވެސް ފާހަގަ ކޮށްލެވެއެވެ. އެމެރިކާ އިން ވެންޓިލޭޓަރު ހުސްވެފައިވާ ކަމަށް ބުނެ ޓްރަމްޕް ވަނީ 23 ފަހަރަށް އެދޮގު ތަކުރާރު ކޮށްފައެވެ.

ޓްރަމްޕަކީ އެމެރިކާގެ މީޑިއާތަކުގެ މެދުގައި މަގުބޫލް ރައީސެއް ނޫނެވެ. ހާއްސަކޮށް "ސީއެންއެން" އާއި ޓްރަމްޕްގެ ގުޅުން ވަރަށް ގޯހެވެ. ޓްރަމްޕް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަރަށް ފާޅުގައި ޓްރަމްޕް ވަނީ އެތައް ފަހަރަކު "ސީއެންއެން" ގެ ނޫސްވެރިންނަށް ފުރައްސާރަ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަސަނުގެދަރި

    މިރާއްޖޭގަވެސް އުޅޭނެ ތީގެ މީހެއް ދޮގެއް ހެދެން އޮތިއްޔާ ތެދެއް ނުހަދާނެ މިރާއްޖޭ މީހާ ކައިރިން ދަސްކުރީ ކަމަށްވާނީ

    12
  2. ވަހުތާނު އަހުމަދު

    އުމަރު ހެދިދިރާސާއެއްތޯ ؟؟؟

  3. އެމަންޖެ

    ޓްރަންޕު ކަލޭ ނުވާނެ އެކައްޗަކައްވެސް ދިވެހި ރާއްޖޭގަ އުޅޭ ކެނެރީގޭ ބުއްޅަބެޔާ އަޅާ ކިޔާ ފިއްޔާމުން.

    11
  4. ލީސާ⁦⁦°❄️⁩

    ވަރަށް ދޮގު ހަދާ މީހެ އް.... ވަރަށް ފޫހިވޭ??

  5. ރަބަރޭ

    ދިވެހިރާއްޖޭގެ ޓްރަމްޕް އަދި ގާތްވެސް ނުކުރޭ

    11
  6. އަލިބެ

    ދަ ލަޔަރ!

    6
    1
  7. ރައްޔިތުމީހުން

    އަހަރަމެންގެ ބުއްޅަބޭ ހަދާނެ މާ ގިނަ ދޮގު

    11
  8. ހަމޫދީ

    އައްދެ 200 އަށްވެސް ނާރައެއްނުނު