މިދިޔަ ހަފްތާގައި ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ އިމުގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިން ދިން ހަމަލާތަކުގައި ޗައިނާގެ މެދުވެގެން 40 ސިފައިން މަރާލާފައި ވާނެ ކަމަށް އިންޑިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވީ.ކޭ. ސިންހް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން މަރުވެ، އިތުރު 76 ސިފައިން ވަރަށް ބޮޑަށް ޒަހަމްވިއެވެ. ނަމަވެސް މި ކުރިމަތިލުންތަކުގައި ޗައިނާގެ އެއްވެސް ސިފައިންނެއް މަރުވި ކަމަކަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެފައެއް ނުވެއެވެ. ޗައިނާ އިން ވެސް ޗައިނާގެ ސިފައިންގެ މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ބުނެފައެއް ނުވެއެވެ.

"އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފައި. އިންޑިއާ އިން ވަނީ އޭގެ ދެގުނަ ސިފައިން އެންމެ މަދުވެގެން ޗައިނާ އިން މަރާލާފައި." ސިންހް ވިދާޅުވިއެވެ.

ސިންހް އަކީ ކުރިން އިންޑިއާގެ ސިފައިންގެ ޗީފެވެ. އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޗައިނާގެ 40 ސިފައިން މަރާލާފައި ވާނެ ކަމަށް ސިންހް ވިދާޅުވި ނަމަވެސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ.

ސިންހް އިތުރަށް ވިދާޅުވީ ކުރިމަތިލުންތަކުގައި އިންޑިއާ ސަރަހައްދަށް ވަން ޗައިނާގެ ސިފައިން ހައްޔަރު ވެސް ކުރި ކަމަށާއި ނަމަވެސް ފަހުން ޗައިނާ ސިފައިންތައް ދޫކޮށްލާފައިވާ ކަމަށެވެ.

ސިންހްގެ ވާހަކަތަކާއި ގުޅިގެން މީޑިއާ އިން އިންޑިއާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ބާރަތު ބުޝާން އާއި ސުވާލު ކުރުމުން އޭނާ ވަނީ ސިންހްގެ އިންޓަވިއުއާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ޗައިނާ ސިފައިން އިންޑިއާ ސިފައިންނަށް ހަމަލާ ދިނީ އިންޑިއާ ސިފައިން ޗައިނާގެ ބޯޑަރު ސަރަހައްދަށް ވަނުމުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    40 ގެރި މަރުވީ ދެން ބާރަށް އަތްޖަހާ ކަލޯ މޯދީ

    29
  2. ލާމު

    ހީވަނީ އެވެ.

    16
  3. ދޮގުހެދުމުގެ ބައްޕަ

    ތިހެންވިއްޖިއްޔާ ޗައިނާ އިން ކަލޭމެންގެ 80 ސިފައިން މަރާލައިފައިއޮވެދާނެ.. 20 ސިފައިންނޭ
    ބުނެވުނީ އޮޅިގެން...ކީކޭ ބުނާނީ ދުނިޔެ ކުރިމަތީގައި ދެރަނުވާންވެގެން ހަދާބުޚުތާނު ދޮގު
    އެންމެނަށްވެސް އެނގެޔޭ ޗައިނާ ކަލޭމެންނަށް ވުރެ ބާރުގަދަކަން.

    40
  4. ީއިބޫ

    ހަމަ އަންނި ހަދާ ކަހަލަ ދޮގު

    18
    1
  5. ވާނުވާ

    އެކަމަކު މޯދީ ގައުމާ މުހާތަބު ކުރަމުން ބުނި އިންޑިޔާ ސަރަހައްދަކަށް ޗައިނާ ސިފައިން ނުވަދެޔޭ
    އިންޑިޔާގެ ނޫސްތަކާ ޓީވީ ސްޓޭޝަންތަކުން އެބަ ބުނޭ 40 ހާސް އަކަ ކިލޯމީޓާރުގެ ބަޔެއް ޗައިނާ އިން ހިފައިފިޔޭ

  6. މާކަނާ

    ދެންވެސް މޯދީ ބުނާނީ ޔޯގާ ޖެއްސީމާ ރަނގަޅު ވާނެއޭ.

  7. ރާއްޖެތެރެ

    ޗައިނަ މާ ނުލަފާވާނެ އެމީހުންގެ މީހަކައް އަނިޔާއެއް ވެއްޖީޔާ.