އިންޑިއާގެ މިޒޮރާމް ސްޓޭޓަށް 5.3 މެގްނެޓިއުޑްގައި އައި ބިންހެލުމެއްގައި ބެއް ގެތަކަށާއި، މަގުތަކަަށް ގެއްލުންވެއްޖެއެވެ.

މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި އައި އެ ބިންހެލުމުގައި ބައެއް ގެތަކުގައި ވަނީ ރެނދުލާފައެވެ. އަދި ބައެެއް މަގުތަކާއި ތަންތަނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، އެ ބިންހެލުން އައިސްފައި ވަނީ ރޭ 4:10 ހާއިރު ކަމަށެވެ. އަދި އެ ބިންހެލުން އަައިސްފައި ވަނީ 20 ކިލޯމީޓަރު އަޑިއަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބިންހެލުމުގެ އަސަރު އެ ސްޓޭޓްގެ ގިނަ ސަރަހައްދުތަކަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ބިންހެލުމުގައި ބައެއް ގެތަކާއި އިމާރާތްތައް ބޮޑެތި ގެއްލުންތަކެއްވެއެެވެ. އަދި ބައެއް ފައްޅިތަަކަށްވެސް ގެއްލުންވެފައިވާ ކަމަށް ވެއެވެ.

އަދި މީގެ އިތުރުން އެ ބިންހެލުމުގައި ހައިވޭގައިގައިވެސް ރެނދުތަކެއް ލާފައިވާ ކަމަށް ވެއެވެ.

އޮފިޝަލުން ބުނެފައިވާގޮތުން މި ބިންހެލުމުގައި ލިބުނު ގެއްލުންތައް ދަނީ ބަލަމުންނެވެ.

މީގެ ކުރިން އިއްޔެގެ ވަގުތެެއްގައި 5.1 މެގްނެޓިއުޑް ބާރުމިނުގައި އެ ސްޓޭޓަށް ވަނީ ބިންހެލުމެއް އައިސްފައެވެ. އަދި 4.6 މެގްނެޓިއުޑް ބާރުމިނުގައި ޖޫން 18 ވަނަ ދުވަހުވެސް އެ ސްޓޭޓަށް ވަނީ ބިންހެލުމެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެންޓި ގެރިބެ ޕްރްޕެގެންޑާ

    ޢަލްހަމްދުލިﷲ
    ގެރިނެންދުރަ މޯޑީ އަށް މިހާރު އޮންނާނީ ރާކަނިމަސް ކެވިފަ