މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1044 މީހަކު މަރުވެއްޖެއެވެ.
މިއީ އެ ގައުމުގައި މި ވައިރަސް ޖެހިގެން ދެވަނަ އެންމެ ގިނަ ބަޔަކު މަރުވި ދުވަހެވެ.
މެކްސިކޯއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 21825 އަށް އަރާފައެވެ.
އެ ގައުމުން އިތުރު 5343 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 180545 އަށް އަރާފައެެވެ.
މެކްސިކޯއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ރަނގަޅުވެފައި ވަނީ، 135279 އަށް އަރާފައެވެ. އަދި އެ ގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި މިހާރު ތިބީ 378 މީހެކެވެ.
މެކްސިކޯ އަކީ މިހާރު ދުނިޔެއިން 14 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ.
މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.