އިންޑިޔާގެ އަވަށެއް ކަމަށްވާ ޖާކަންޑްގައި 16 އަހަރުގެ ކުއްޖަކު ރޭޕް ކޮށް އެތައް އަނިޔާއެއް ދިން ބަޔަކަށް 100 ޑޮލަރުގެ ޖޫރިމަނާއަކާއެކު 100 ސިޓްއަަޕްސް ހަދަން ޙުކުމް ކޮށްފިއެވެ.

މިގޮތަށް ހުކުމް ކުރީ އެއަވަށުގެ ވިލެޖް ކައުންސިލްއިންނެވެ. އިންޑިޔާގެ ނޫހަކަށް މައުލޫމާތު އެމަރުވި ކުއްޖާގެ ބޭބެޔަކު ބުނެފައިވަނީ އެކުއްޖާ ވަގަށް ނަގާ ރޭޕްކޮށްފައިވަނީ އެގޭ އެންމެން ކައިވެއްޏެއްގައި އަވަދިނެތި އުޅެމުންދިޔަ ވަގުތެއް ކަމުގައި ކަމަށެވެ.

"އަހަރެމެން އެންމެން އުޅުނީ ކައިވެއްޏެއްގެ ތައްޔާރީގަ. ކޮއްކޮ ދިޔައީ ފުޅިތަކަށް ފެން އަޅަން. އެތަނުން ނުބައި ނުލަފާ މީހުން ކޮއްކޮ ވަގަށް ނެގީ. ދެން ފެނުނީ އެއްދުވަސްފަހުން މަގުމައްޗަށް ރޭޕްކޮށްލާފައި އޮއްވާ." ވަރަށް އަސަރާއެކު އެކުއްޖާގެ ބޭބެ ކިޔައިދެނެވެ.

އެކުއްޖާގެ ބޭބެ ބުނި ގޮތުގައި ރޭޕް ކުރިކަން އެނގުނު ހިސާބުން ވިލެޖް ކައުންސިލްއަށް ގޮސް އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްދިނުމަށް އެދުނުކަމަށާއި ނަމަވެސް ވިލެޖް ކައުންސިލްއިން ބޭނުންވީ އެމައްސަލަ އެމީހުން އަމިއްލަޔަށް ހައްލުކުރަން ކަމަށެވެ. މިގޮތުން މިރޭޕްގައި ބައިވި އެންމެން 100 ފަހަރު ސިޓްއަޕްސް (އިށީންދެފައި ތެދުވަން) ވިލެޖްކައުންސިލް އިން ހުކުމް ކުރިކަމަށެވެ. އަދި އެމީހުން ކުރި ކުށުގެ ސަބަބުން 100 ޑޮލަރު ދައްކަންވެސް ވިލެޖް ކައުންސިލްއިން ނެރުނު ހުކުމުގައިވާ ކަމަށްވެސް އޭނާގެ ބޭބެ ކިޔައިދިނެވެ.

އޭނާގެ ބޭބެ އިތުރަށް ބުނި ގޮތުގައި ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކުރުމުން އެމީހުން އަނެއްކާ އައިސް ކޮއްކޮއަށް ވަރަށް އިހާނެތިކޮށް ހެދިކަމަށާއި އަދި ޕެޓްރޯލް އަޅާ ކޮއްކޮ އަންދާލި ކަމަށެވެ. މިހާރު އެ 16 އަހަރުގެ ކުއްޖާދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

މިމައްސަލައިގެ ތަޙްޤީޤް ފުލުހުން ކުރަމުންދާއިރު، މިމައްސަލައިގައި ބައިވެރިވި 14 މީހަކު މިހާތަނަށްވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޮޅު

  ނަސީބެއްނު ދުވާލަކު ދެފަހަރު އިތުރަށް ދެ މީހަކު ރޭޕް ކުރާން ހުކުމް ނުކުރިކަން

 2. އެންމެންގެ ވޯޓް ރައީސް ޔާމީނަށް

  އިންޑިއާ ދޯ ... މިއަހަރަރު އުފަންވި އަދަދަށްވުރެ ރޭޕް ގިނަވުމަކީ ގާތްކަމެއް،، ވިސާ ދޯ،،،،

 3. ތެދު

  100 ޑޮލަރު ދައްކަން ބޮޑުވެގެން ކުއްޖާ އަންދާލީމަ މީގެން ދައްކުވައިދެނީ ޖާހިލްކަމާއި ގަމާރުކަން

 4. މީހުންގެ މަސްނުކަމާ

  އިންކުރެޑިބަލް ޢިޑީއެޓު ކަންޓުރީ...