ކޮވިޑް-19 އަށް ބޭހެއް ހޯދިއްޖެ ކަމަށް އިންޑިއާގެ ގްރޫއެއް ކަމަށްވާ ބަބާ ރަމްދީވް ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަޕޯޓަރެއް ކަމަށްވާ ރަމްދީވް ވަނީ ކޮވިޑް-19 އަށް އޭނާގެ ކުންފުނިން އުފެއްދި ކަމަށް ބުނާ ބޭހެއް ހަތް އެމެރިކާ ޑޮލަރަށް ވިއްކަން ނިންމައި، އެބޭސް ވިއްކުމުގެ ހުއްދައަކަށް އިއްޔެ އިންޑިއާ ސަރުކާރުގައި އެދިފައެވެ.

ރަމްދީވްގެ ކުންފުނި ކަމަށްވާ "ޕަތަންޖާލީ އަޔޫދް" ކުންފުނިން އުފެއްދި ކަމަށް ބުނާ ބޭސް ކޮވިޑް-19 ޖެހިފައި ތިބި 300 މީހަކަށް ދީގެން އެއެންމެން ވެސް ބަލިން ރަނގަޅު ވެފައިވާ ކަމަށް ރަމްދީވް ބުނެއެވެ.

ރަމްދީވްގެ ކުންފުންޏަކީ ވަރަށް ގިނަ ތަފާތު އެއްޗެހި ވިއްކަމުން ގެންދާ ކުންފުންޏެކެވެ. އެކުންފުނި ސިފަ ކުރަމުން "އޭއެފްޕީ" ގައި ބުނެފައި ވަނީ އެއީ "ދަތް އުނގުޅާ ބޭހުން ފެށިގެން ގޮސް ލާން ގެންގުޅޭ ޖިންސަށް ދާންދެން ވިއްކާ" ކުންފުންޏެއް ކަމަށެވެ.

ރަމްދީވް އިއްޔެ ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ބުނީ އޭނާގެ ކުންފުނިން އުފައްދާފައިވާ ބޭސް ބޭނުން ކުރި މީހުންގެ ތެރެއިން 69 އިންސައްތަ މީހުން ތިން ދުވަހުގެ ތެރޭގައި ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން ހަތް ދުވަސް ތެރޭގައި ރަނގަޅުވި ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގެ ސަގާފީ ބޭސްތަކާއި ޔޯގާ އާއި ބެހޭ މިނިސްޓަރ ޝްރިޕާދް ނައިކް ވިދާޅުވީ ރަމްދީވް އޭނާ އުފެއްދި ކަމަށް ބުނާ ބޭހާއި ގުޅޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކުގެ ހަޤީޤަތް އިންޑިއާ ސަރުކާރުން މިހާރު ބަލަމުންދާ ކަމަށެވެ.

ރަމްދީވް މީގެ ކުރިން ވެސް ވަނީ މިފަދަ ބައެއް ބޭސްތައް އުފައްދައި، ބޮޑެތި ބަލިތަކަށް އޭނާ ފަރުވާ ހޯދާފައިވާ ކަމަށް ބުނެއެވެ. އެގޮތުން އެޗްއައިވީ ހަށިގަނޑު ނައްތާލާނެ ބޭހެއް އުފެއްދިއްޖެ ކަމަށް ވެސް އޭނާ މީގެ ކުރިން ބުނެފައި ވެއެވެ.

ރަމްދީވްގެ ކުންފުންޏަކީ އިންޑިއާ މީހުން 13 ވަނަ އަށް އެންމެ އިތުބާރު ކުރާ ކުންފުނި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޚަރުން

  މުސްލިމުންގެ ލޭބޯ ފާދރީ ބާބާ ރާމް (މަކުނު).ޔާ ﷲ މިފަދަ ނުބައި ޖާހިލް މީހުން ފަޝީހަތް ކުރައްވާށި.ޢާމީން

  55
  2
 2. ޝާމިން

  މީނާގެ އަސްލު ނަމަކީ ބާބާ ހަރާމްދޭވު މީ މުސްިމުން މެރުމުގެ އަޑީގައި ހުންނަ އެންމެ
  އިސްމީހުންގެ ލިސްޓުގެ 4 ވަނަމީހާ

  25
 3. ޖަލްޕަރީ

  ބޯގޯސް އިންޑިޔާ ގްރޫ

  19
  1
  • މޯލްޑިވިޔަން

   ސައުދީ މީހުން ކިހިނެއްބާ.އެމީހުން ވެސް ކޮވިޑަށް ފަރުވާ ހޯދައިފި ކަމށް ވަނީ.ބޭނުން ކުރީ ކަޅުދިރި

   2
   1