މެއި މަހުގެ 22 ވަނަ ދުވަހު ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓުގެ ހާދިސާއާ އާ ގުޅޭ އާ މައުލޫމާތުތަކެއް އާއްމުކޮށްފިއެވެ.

ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓު ދުއްވަން ތިބި ޕައިލެޓުން ތިބީ އެކަމަށް ފޯކަސްކޮށްގެން ނޫނެވެ. އެމީހުން ތިބީ ކޮވިޑް-19 އާ ގުޅިގެން އެ މީހުންގެ އާއިލާތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ދައްކާށެވެ.

އަދި އެ މީހުން އެ ވާހަކަ ތެރޭގައި ގާތްގަނޑަކަށް 30 މިނިޓް ވަންދެން ތިބި ކަމަށް ވެއެވެ. އަދި ބޯޓު ވެއްޓުނީ އޭގެ ފަހުން ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އެ މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ އޯވާކޮންފިޑެންސްގެ ސަބަބުންނާއި މާބޮަޑަށް ކަމަށް ފަރުވާ ބަހައްޓާފައި ނުވުމުން ކަމަށެވެ.

އެ ބޯޓު ވެއްޓުނުއިރު ބޯޓުގައި 99 ފަސެންޖަރަކު ތިއްބެވެ. ކަރަޗީގެ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް އެ ބޯޓު ވެއްޓުނުއިރު، ބޯޓުން ދަތުރު ކުރި 97 މީހަކު ވަނީ މަރުވެފައެވެ. އަދި ބޯޓުން ދަތުރު ކުރި ދެެ މީހަކު ވަނީ ސަލާމަތްވެފައެވެ.

އެ ރިޕޯޓް އާއްމު ކުރަމުން އޭވިއޭޝަން މިނިސްޓަރ ގުލާމް ސަރްވާރް ވިދާޅުވީ، އެ ބޯޓު ވެއްޓުމުގެ ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ޕައިލެންޓުނާއި ކެބިން ކްރޫންގެ އިިތުރުން އެއާ ޓްރެފިކް ކޮންޓްރޯލްއިންނެވެ.

އަދި އިނީޝިއަލް ރިޕޯޓުން ދައްކާގޮތުން، ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ބޯޓުގައި ނެތެވެ. މީގެ ކުރިންވެސް އެއާ ޓްރެފިކް ކޮންޓްރޯލަރާއި ޕައިލެޓާއި ދެކެވުނު ވާހަކަތަކުގެ ތެރެއިން ބޯޓުގައި މައްސަލައެއް ނޫޅޭކަން ވަނީ ހާމަވެފައެވެ.

"ޕައިލެޓުންނާއި އޭޓީސީން އެ އޮންނަ ޕްރޮސީޖަރއަކަށް ފޮލޯއެއް ނުކުރޭ،ބޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތް، 100 ޕަސެންޓް ފިޓްކޮށް ހުރީ ދުއްވަން". ސަރްވާރް ވިދާޅުވިއެވެ.

ސަރްވާރް ވިދާޅުވީ، އެ ބޯޓުގެ ޕައިލެޓާއި، ކޯ ޕައިލެޓަކީ ކަމަށް ގާބިލް އަދި ތަޖުރިބާ ހުރި ދެ މީހުން ކަމަށެވެ.

"އެންމެ ފަހުން 30 ވަރަކަށް މިނިޓްގައި ޕައިލެޓުން ޑިސްކަސް ކުރަމުން ދިޔައީ ކޮވިޑް-19 އާ ގުޅޭގޮތުން، އެ މީހުން ހުރީ ދަތުރާއި މެދު މާބޮޑަށް ފޯކަސް ވެގެނެއް ނޫން، އެއީ އެ މީހުންގެ އާއިލާ މީހުންނަށްވެސް އެ ބަލި ޖެހިފައި ވާތީ". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހާދިސާގެ ފައިނަލް ރިޕޯޓް އަހަރެއްހާ ދުވަސް ތެރޭގައި އާއްމު ކުރާނެ ކަމަށެވެ.

"ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ދެކެވެމުންދިޔަ ވާހަކަތައް ހުރީ ރެކޯޑް ކުރެވިފައި އަހަރެންނަށްވެެސް އެ ވާހަކަތައް އަޑު އިވުނު". ސަރްވާރް ވިދާޅުވިއެވެ.

އިތުރަށް ސަރްވާރް ވިދާޅުވީ، އެ ބޯޓު ދަތުރު ކުރަމުންދިޔަ އުސްމިނާއި ގުޅޭގޮތުން އޭޓިސީން ޕައިލެޓުންނަށް މައުލޫމާތުދިން ކަމަށެވެ. އެހެން ނަމަވެސް އެ މައުލޫމާތުތައް އަޑު އަހާފައި ނުވާ ކަމަށް ސަރްވާރް ވިދާޅުވިއެވެ.

"ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންވެސް ޕްރޮޓޮކޯލްއަށް ފޮލޯކޮށްފައެއް ނުވޭ، ޕައިލެޓުން ވަނީ އެއާޓްރެފިކް ކޮންޓްރޯލަކުން ދިން މައުލޫމާތުތަކަށް ބީރު ކަންފަތެއް ދީފައި، މީގެ އިތުރުން އޭޓީސީން އިންޖީނާއި ގުޅޭ ގޮތުން ޕައިލެޓުންނަށް މައުލޫމާތު ލިބިފައެއް ނުވޭ"