އިޓަލީގައި އިމާރާތެއްގެ ބައެއް ގައި މައްޗަށް ވެއްޓި، އަންހެނަކާއި އޭނާގެ ދެ ދަރިން އޭގެ ދަށުވެގެން މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މިލާންގެ ޓައުންއެއްގައި ވެއްޓިފައި ވަނީ، އެއް ބުރީގެ އިމާރާތުން ބައެކެވެ. އެ ބައި ވެއްޓިފައި ވަނީ މަގުމައްޗަށެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މޮރޮކޯއަށް ނިސްބަތްވާ އަންހެނަކާއި، އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި، އަދި އޭނާގެ 15 މަހުގެ އަންހެން ދަރިފުޅެވެ. މީގެ ތެރެއިން އެ އަންހެން މިހާ އާއި އޭނާގެ ފިރިހެން ދަރިފުޅު މަރުވެފައި ވަނީ އެތަނަށެވެ. އަދި އޭނާގެ އަންހެން ދަރިފުޅު މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މި ހާދިސާގައި އޭނާގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ސަލާމަތްވެފައެވެ. އަދި އެ ކުއްޖާ އެ ވަގުތު ހުރީ ހަމަ އެ ސަރަހައްދުގައި ނަމަވެސް، އެ ކުއްޖާ އެތަނުން ދުރަށް ގޮސްފައިވާ ކަަމަށް ވެއެވެ.

މި ހާދިސާގައި 42 އަހަރުގެ އަންހެނަކަށްވެސް ވަނީ އަނިޔާވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން ސަލާމަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ބޮޑު ގާފުންޏެއްގެ ދަށުން ކަމަށް ވެއެވެ.

އެ އިމާރާތަކީ ވަަރަށް ކުރިން ފަށައިގެން ބޭނުން ކުރަމުން އަންނަ އިންޑަސްޓްރިއަލް ބިޒްނަސް ހައުސްއެކެވެ. އެތަނުގައި ވަަރަށް ގިނަ ވިޔަފާރިތައް ހިންގަމުން ދެއެވެ. އެނެމް ނަމަވެސް މިހާރު އެ އިމާރާތުގައި ހިންގާ ތަންތަން ވަނީ ބަންދުކޮށްފައެވެ.