އުސާމާ ބިން ލާދިންއަކީ ޝަހީދެއް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވުމުން އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އިމްރާނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އުސާމާ އަކީ އަލްގައިދާ ޖަމާޢަތުގެ ލީޑަރަކަށް ހުރެ، އެޖަމާޢަތުގެ މެންބަރުން މެދުވެރިކޮށް ޕާކިސްތާނާއި އަފްޣާނިސްތާނާއި އަދިވެސް އެހެން އެތައް ގައުމެއްގައި ބޮޑެތި އެތައް ޖަރީމާއެއް ހިންގާ ކުށެއް ނެތް އެތައް ބަޔަކު މަރާލި ގާތިލެކެވެ. ނަމަވެސް އަލްގައިދާގެ ހަރުކަށި ފިކުރަށް ތާއިދު ކުރާ މީހުން ގަބޫލު ކުރަނީ އުސާމާ އަކީ ޝަހީދެއް ކަމަށެވެ.

އެމެރިކާ ސިފައިންގެ ހާއްސަ ފައުޖަކުން ސިއްރުން ޕާކިސްތާނަށް އަރައި، އުސާމާ މަރާލީ 2011 ވަނަ އަހަރު އެވެ.

"ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އެމެރިކާ އިން ޕާކިސްތާނަށް އަރައި އުސާމާ ޝަހީދުކޮށްލި ގޮތް ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. ނަމަވެސް އެއިންޓަވިއުގައި އިމްރާން ވަނީ އުސާމާ އަކީ ޓެރަރިސްޓެއް ކަމަށް ވެސް ފަހުން ވިދާޅުވެފައެވެ.

އިމްރާންގެ ވާހަކަ ކުށްވެރިކުރަމުން އިދިކޮޅު ޕާކިސްތާން މުސްލިމް ލީގް ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ޚަވާޖާ އާސިފް ވިދާޅުވީ އިމްރާން ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށެވެ. "ކިހިނެއް ބުނާނީ ޓެރަރިސްޓުންނަކީ ޝަހީދުންނޭ. ނުބުނެވޭނެ. ޝަހީދުންނަކީ އެއަށްވުރެ މާޝަރަފުވެރި ބައެއް. އިމްރާން ދެއްކީ ވަރަށް ބޮޑަށް ދެކޮޅު ނުޖެހޭ ވާހަކައެއް." އާސިފް ވިދާޅުވިއެވެ.

ޕާކިސްތާންގެ ޕީޕަލްސް ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ބިލާވަލް ބުއްޓޫ ވެސް ވިދާޅުވީ އިމްރާން ދެއްކެވީ ހަޤީޤަތަކާއި ހިލާފު ވާހަކައެއް ކަމަށެވެ. "އުސާމާ އަކީ ހައްދުފަހަނައަޅާފައި ހުރި މީހެއް. އެހެންވީމާ އޭނާ އަށް ޝަހީދެއްގެ ދަރަޖައެއް ނުދެވޭނެ. އޭނާ ޝަހީދެއްގެ ގޮތުގައި ޕާކިސްތާންގެ ބޮޑުވަޒީރު ސިފަކުރުން އެއީ ވަރަށް ލަދުވެތި ކަމެއް." ބިލާވަލް ވިދާޅުވިއެވެ.

އިމްރާނަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި މުސްލިމުންނަށް ކުރިމަތިވަމުން އަންނަ ދުއްތުރާތަކާއި ތުރާތަކަކީ އުސާމާ ކުރިއަށް ގެންދިޔަ ހަރުކަށި ފިކުރާއި، އޭނާ ރޭވި ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ކަންކަން ކަމަށެވެ. އެހެންކަމުން އެފަދަ މީހަކަށް އިމްރާން އެއީ ޝަހީދެއް ކަމަށް ވިދާޅުވުމުން ހުރިހާ މުސްލިމުން އެކަމާއި ދެކޮޅު ހަދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނަވްބެ

    ލަދުކޮބާ އުސާމާ رحمه الله އަށް އެއްޗެހިގޮވަން؟ ދުނިޔޭގެ ހަމަނުޖެހުން ފެށުނީ އަލްޤައިދާއާއި ހެދީއޭ. އެމެރިކާގެ އެހީގައި އިޒްރޭލުން ހިންގަމުން އަދިވެސްދާ ޖަރީމާތަކާހުރެ އެފަދަ ޖަމާޢަތްތައް އުފެދެން ޖެހުނީ....ނޫސްވެރިން ދޮގު ނުހަދާ ކޮންމެސް އެހެވާހަކައެއް ދައްކަބަލަ.

    45
    4
    • ރަގަނޅު

      ވޯލްޓްރޭޑްސެންޓަރު ވައްޓާލީ އުސާމާއެއްނޫން
      އެއީ އެމަރިކާ އަމިއްލަ އަތެއް..އުސާމާ ބޮލު
      އަޅުވައިގެން އޭނާ ޓެރަރިސްޓަކަށް ހެދީ ތި އެމަރިކާ...

      11
    • މުހައްމަދު

      ހައްދު ފަހަނާ އެޅުމަކީ ގޯހެއް ކަމައް ގަބޫލް ކުރަންތޯ؟
      އޯކޭ، ސެޕްޓެމްބާ11 ބޮން ގޮއްވީ އެމީހުނެއްނޫނޯ.. އެކަމު
      1992 ގަ ޔަމަނުގެ ހޮޓަލެއްގަ ބޮންގޮއްވި، އަލްޤައިދާ މީހުން، އެމީހުން ވަނީ އެހަމަލާ ޒިންމާނަގާފަ، ހުދު ޔަމަންގެ އެތައް ކުށެއްނެތް މުސްލިމުންނެއް މަރުވި.. މީ އިންސާފުތޯ ؟ މީ އެންމެ ރަނގަޅުގޮތްތޯ ؟
      އަލްމާޢިދާ ސޫރަތު 32 ވަނަ އާޔަތު ވަހީ ކުރައްވާފަވަނީ އެއްވެސް އިންސާނެއް ހައްގަކާ ނުލާ މަރައިފިނަމަ މުޅިއިންސާނީ ނަސްލު މެރިފަދައޭ..
      އެމީހުންގެ އަމަލާ ޤުރުއާނުގަ ސަޜީހަބަހުން އަންގާފަ އޮއްގޮތާ މުޅިން ހިލާފް..

      އެކަމްވެސް ހަވާރިޖުން ގުރުޢާނުގެ ތަން ތަން ކޮޅު ނަގައިގެން އެމީހުން ކުރާ ކަންތައްތައް ޖަަސްޓިފައި ކުރޭ.. ހަވާރިޖުންނަކީ އަލީ ޜއ ޒަމާނު އެކަލޭފާނުގެ އީމާން ކަމައް ގޮންޖަހާ އެކަލޭގެފާނައް ވުރެެ އަދުލްވެރި އީމަންކަން ވަރުގަދަ ކަމައް ގަބޫލް ކުރިބައެއް، އެކަމް އެމީހުން ހައިވޭރޮބެރީ ތާރަފް ކުރީ، އެއިރުއުފެދުނު ބައެއް އެކްސްޓްރީމިސްޓުންނަކީ، ހުދު ޢަލީ ރޢ އެބައިމީހުންނާ ހަނގުރާމަކުރި..

      އަޅުގަނޑު ގަބޫލް ކުރަނީ، މަދު ދިވެހީން ރަނގަޅައް ދީނުގެ އިލްމު ނުހޯދާ، ދީނައްޓަކައޭ ބުނީމާ ޖާނާމާލް ގުރުބާން ކުރަނީ، ރަނގަޅު ޖާނާމާލް ގުރުބާން ކުރަންވީ، އެކަމް އިންދަ ޕްރޮސެސް ދީނާ ހިލާފްވަންޔާ އެއީ ގޯހެއް، އެހެންވެ މަދު ދިވެހިން އައިސިސް އައް ތަބާވަނީ..

      3
      1
  2. އަބްދުﷲ

    އުސާމާ ބިލް ލާދިން އަކީ އެމެރީކާއިން ޔޫއެސް އެސް އާރު (ރަޝިއާ) އަށް ހަމަލާދޭން ތަމްރީނު ދިން މީހެއް. އަދި ހަތިޔާރާއި އެކު އެސަރަހައްދައް ފޮނުވި މީހެއް. އޭނަ އެމެރިކާއާއި ދެކޮޅުވީ ފަލަސްތީން މައްސަލާގައި. އަދި އޭނަ އަފްޣާނިސްޓާން ސުންނާފަތިކުރަން އެރި ކާފަރުންނާއި ޖިހާދުކޮށް ހަނގުރާމަކުރި. ޖޯޖު ބުޝްއަކީ ޓެރަރިސްޓެއް. ޖޯޖުބުސް އެބުނާ ޑިމަކުރަޓިކް ރިފޯމު ކުރަންވެގެން ހަތިޔާރާއި އެކު ފިޮނުވި އެމެރިކާގެ މީހުން އަފްޣާނިސްތާނަށް އަރައި ގަދަކަމުން އެތައް އަންހެނުންގެ އިއްފަތް ފޭރިގަތް. މި ކާފަރުންތައް އެކަންކުރުމަށްފަހު އެނބުރި ގައުމަށްއައިސް ބޯ ގޮވައިގެން އެތައް ބަޔަކު އަމިއްލައަށް މަރުވޭ.

    11
  3. Anonymous

    ﷲ އެ މާތް ފުރަނަފުޅަށް ރަހުމަތް ލައްވާށި

    14
  4. ޝައިޚް ފިކުރީ

    އުސާމާ رحمه الله

    10
  5. Anonymous

    ކާފަރުން ފަހަތުން ބޭފުޅާމެން ރުސަން ދުވީމަ ގާތިލުން ހަރުކަށި މީހުން ފެންނާނެ ان شاء الله

  6. ސުލޭމާން

    ކާފަރުން ފަހަތުން ބޭފުޅާމެން ރުސަން ދުވީމަ ގާތިލުން ހަރުކަށި މީހުން ފެންނާނެ އަދި ان شاء الله

  7. ހަގީގަތް

    އުސާމާ އާއި ސައްދާމް ހުސައިން ފަދަ ލީޑަރުން
    އަބަދުވެސް މަސައްކަތް ކުރެއްވީ މުސްލިމުން ނަށް މިލިބޭ ހަމަލާ ހުއްޓުވާ..ދޭފަރާތްތަކަށް ހަރުކަށި
    ރައްދު ދިނުމުގައި..ބަލާބަލަ ސައްދާމް އީސްރާއީލައް އަޅާލި މިސައިލްތައް...މުސްލިމުންގެ
    ދިފާޢުގައި ދީނުގެހައްގުގައި

    10
  8. މެދުއިރުމަތި

    އަހަރެން ވެސް ގަބޫލުކުރަނީ އުސާމާއަކީ ޝަހީދެއްކަމަށް

    12
    1
  9. Anonymous

    އެތައް ބަޔެއް އެވެރިންގެ ޙާމަލާތަކުގައި އިރާގާ ލީބިޔާ ސީރިޔާއިން މަރާލައިފައިވޭ. ހޫނުވާކަން ނުޖެހެއެވެ.

    7
    1
  10. ހަރަސް

    މިވެސް ހިޔާލެއް. އެހެން ބައެއްގެ ގައުމަށް ހުއްދަޔާ ނުލާ އަރައިގެން (މާނަޔަކީ ވަގަށް ވަދެގެން) ސަރިޔަތަކާ ނުލައި މީހަކު މެރުން (ގަތުލު ކުރުން) އެއީ ސަހީދު މަރަކަށް ނުވާނެ ދީނީ ހަމައެއް ދައްކަބަލަ!

    6
    1
    • Anonymous

      އިސްލާމް ދީނަގަ ނެޝިނަލިޒަމް ކިޔާއެޗެއް އޮވޭތަ ؟

  11. Anonymous

    ކިތަންމެ ވަރެއްވިޔަސް ޝަހީދަކައް ނޫނީ ނުވާނެ..

  12. އާރު

    އުސާމާއަކީ ޝަހީދެއް! އޭނާއަކީ ހައްޤުބަސް ބުނި މީހެއް! ހައްޤު ލިބިދިނުމަށް ޖާނާ މާލުން ގުރުބާންވި ބަޘަލެއް!