ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ސިފައިން، ފަލަސްތީނުގެ ޣައްޒާއަށް ވައިގެމަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ދާދި ދެންމެއަކު އިސްރާއިލްގެ އަސްކަރީ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން ޣައްޒާގެ މީހުން ދިރިއުޅޭ ސަރަޙައްދުތައް ހިމެނޭހެން އާންމު ތަންތަނަށް ހަމަލާތައް އަމާޒުކުރަން ފަށާފައި ވަނީ، ޣައްޒާއިން އިސްރައިލް އަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލި ކަމަށް ބުނެއެވެ.

އިސްރާއިލް އަސްކަރިއްޔާ އިން މިރޭ ބުނެފައި ވަނީ ޣައްޒާގެ ބޯޑަރު ސަރަޙައްދުން އިސްރާއިލް އަށް ދެ ރޮކެޓް ފޮނުވާލި ކަމަށެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިސްރާއިލް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އިސްރާއިލް އަށް ޣައްޒާއިން ރޮކެޓް ހަމަލާތަކެއް ދިންކަމަށް އިސްރާއިލް އަސްކަރިއްޔާއިން ބުނިނަމަވެސް، މިހާތަނަށް އެފަދަ ހަމަލާއެއް ދިންކަމުގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ.

ރައްދު ހަމަލާތަކެއް ކަމަށް ބުނެ އިސްރާއިލް އިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުން ދާއިރު، މި ހަމަލާތަކުގެ ސަބަބުން އާންމުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ.

ނޫސްތައް ބުނާގޮތުން އިސްރާއިލް އިން މިރޭ ހަމަލާދެމުން ދަނީ ޣައްޒާގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކަށް އިސްރާއިލް އިން ދަނީ ހުއްޓުމެއް ނެތި ހަމަލާދެމުންނެވެ. އިސްރާއިލް އިން ވައިގެ މަގުން ޣައްޒާއަށް ހަމަލާދެމުން ދާއިރު، ޓޭންކްތައް ބޭނުންކޮށްގެން ވެސް ބޯޑަރު ކައިރިން ޣައްޒާއަށް ހަމަލާދެމުންދާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.

ނަމަވެސް އިސްރާއިލް އިން ބުނެފައި ވަނީ، އެޤައުމުން ހަމަލާތައް އަމާޒުކުރަމުން ދަނީ ފަލަސްތީނުގެ ދަނޑުގޮވާންކުރާ ހުސްބިންތަކަށް ކަމަށާއި، އާންމު ތަންތަނަށް ހަމަލާދެމުން ނުދާ ކަމަށެވެ. އިސްރާއިލް އިން މިގޮތަށް ބުނިނަމަވެސް، އާންމު ސަރަޙައްދުތަކުގައި ބާރުގަދަ ގޮވުންތައް ގޮވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ދަނީ ދައުރުވަމުންނެވެ.

އިސްރާއިލް އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުން މިރޭ އިސްރާއިލް އަށް ދެ ރޮކެޓް ހަމަލާއެއް ދިނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ސިފައިންނެވެ. ނަމަވެސް ހަމާސް އިން މިކަމާއި ގުޅިގެން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިރޭ އިސްރާއިލް އިން ޣައްޒާއަށް ހަމަލާދޭން ފަށާފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހަމަލާތައް މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. މީގެ ކުރިންވެސް އާންމު ގޮތެއްގައި ދަންވަރުގެ ވަގުތުތަކުގައި އިސްރާއިސް ސިފައިން އެކި ފަހަރުމަތިން ގައްޒާއަށް މިފަދަ ވަރުގަދަ ހަމަލާތައް ދެއެދެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ﷲއަށްބިރވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޔާﷲއަޅަމެންގެ މުސްލިމްއަ ހުންނާއިއު ހުތުން ޔަ ހޫދީންގެ އަނިޔާވެރިކަމުން ސަލާއްމަތްކުރައްވައްވާދޭ އަނިޔާވެރިންގެމައްޗަށް އަޅަމެންނަނަސްރު ދެއްވަވާދޭ އާމީން

  2. ނަސީދު

    މިއިޒްރެއިލް ކަންތައްމާބޮޑުވެއްޖެ އިރާން ވެއްޖެ މިއިޒްރޭލްދުވަސް ދުއްވާލަން

    • ދުޢާ

      ދުޢާ އަކީ 2006 ގައި އީރާނުގެ ހިޒްބުﷲ އާއި އިޒްރޭލް ކުރި ހަނގުރާމައިގައި...އީސްރާއީލް ރޮއްވާލިގޮތައް..ވަރުގަދަ ހަނގުރާމައެއް ފެއްޓުން

  3. hus..

    Yaa Allah minulafaa aniyaaveri kaafirun aiy dhashun hurihaa muslim akhun aai ukhuthun salaamai koh dhehvaashe..AMEEN.

  4. ހިޔަޅު

    ހަމަ ތިބެފަ ކުއްލިއަކަށް ފޫހިފިލުވާލަންތަ؟

    4
    1
    • ހަސަނާ

      އެހެންވެސް ބައެއްފަހަރު ހަދާ. ކުޑަކުދިންނާ ދިމާއަށް ބަޑި ދިއްކޮއްގެންވެސް އުޅެެއެއްނު؟