ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފެއްދުނަސް އެންމެ އުނދަގޫ ވާނީ މީހުން ވެކްސިން ޖެހުމަށް ރުއްސުން ކަމަށް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ބުނެފިއެވެ.

"ސީއެންއެން" އަށް ދިން އިންޓަވިއުއެއްގައި ބިލް ގޭޓްސް ވިދާޅުވީ އެމެރިކާއިން ކިތަންމެ ވަރަކަށް ކޮވިޑް-19 އަށް ޓެސްޓް ހެދިކަމުގައިވިއަސް، ޓެސްޓް ހެދުމުގައި ކޭސް ގިނަ ވުމުން ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އޭނާ ވަނީ އެގައުމުން އޭނާގެ އިރުޝާދުތަކަށް ނުބަލައި އެހެން ގައުމުތަކުންވެސް އަޅާފައިވާ ފިޔަވަޅުތައް އަޅާފައިނުވާތީ އެއީ ސަރުކާރުގެ ކުށް ކަމަށް ވިދާޅުވެފައެވެ.

"އެހެން ގައުމުތަކުން މީހުންގެ ދިރިއުޅުން ބަލައި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް ވަނީ އަޅާފައި" ބިލް ގޭޓްސް ވިދާޅުވިއެވެ.

ބިލް ގޭޓްސް ވިދާޅުވީ ވެކްސިނެއް އުފެދި، ރަނގަޅަށް މަސައްކަތް ކުރުމުގެ ކުރިން އޭގެ މައުލޫމާތު ގިނަ ބައެއްގެ ތެރެއަށް ފެތުރޭނެ ކަމަށާއި، އެ ވެކްސިންގެ ސަބަބުން މީހާ ކޮވިޑް-19 އިން ރައްކާތެރި ވެދާނެ ކަމަށެވެ. ނަމަވެސް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖެހުން ނުހުއްޓިދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ހިސާބުތަކުން ވެކްސިން އުފައްދަމުން އަންނައިރު، ބިލް ގޭޓްސް ވިދާޅުވީ އެ ވެކްސިން ބަހަން ފެށުމާއެކު ގިނަ ބަޔަކު ވެކްސިން ޖެހުމަށް ރުއްސަން ޖެހޭ ކަމަށެވެ. އަދި ނަތީޖާ ނެރެވޭނީ ވެކްސިން ގިނަ ބަޔަކު ޖަހައިގެން ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"އެންމެ އުނދަގޫ ވަނީ ބަޔަކު މީހުންނަށް ވެކްސިން ޖެހުމަށް ރުއްސުން. އެމީހަކަށް އޮންނާނެ ވެކްސިން ޖަހަން ބޭނުން ނަމަ ނުވަތަ ބޭނުން ނޫން ނަމަ އެ ފުރުސަތު" ބިލް ގޭޓްސް ބުންޏެވެ.

ބިލް ގޭޓްސް އަކީ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ މީހެކެވެ. އަދި އޭނަ ވަނީ މިފަދަ ވެކްސިނެއް އުފެއްދޭނެ ދުވަސްވެސް ލަފާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖަންކު

  ތިވެކްސިނަކަށް އަހަރުމެން އިތުބާރެއް ނުކުރަން ތީ އުޅެނީ މުޅީން އެހެން ޤޭމެއް ކުޅުމަށް

 2. އަޙްމަދް

  ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފެއްދުނަސް އެންމެ އުނދަގޫ ވާނީ މީހުން ވެކްސިން ޖެހުމަށް ރުއްސުން ކަމަށް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ބުނެފިއެވެ.
  ——————————————-
  ކަލޭ ކޮއްމެހެން މީހުން ރުއްސާކަށް އުޅެނީ ކީއްކުރަން؟
  ސައިންސިސްޓުންނާއި ޑޮކްޓަރުން ގުޅިގެން
  (ސިއްޙި ބިރުވެރިކަން) އުފައްދާލީމަ ތިވެކްސިންތަށް މީހުންޖާހޭނެއެއްނު! ތި އުފައްދާ ގޮތްނޭންގެ ވެކސިންތަށް ޤައުމުތަކުންވެސް ގައްނާނެނޫންތޯއެވެ؟

 3. ޝަފީން

  ކޮވިޑަކީ މީނާ ހިންގައިގެން އުޅޭ ޖަރީމާއެއްހެން ހާދަ ހީވެޔޭ..

 4. އަޙްމަދް

  ބަލަ ކަލޭ ގެންގުޅޭ ސައިންސިސްޓުން ނާއި ޑޮކޮޓަރުން ލައްވާ(ސިއްޙީބިރުވެެރިކަން) އުފައްދާ ބުނުވަންވީނު ކޮވިޑް ނަވާރައިން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ ވެކްސިންޖަހައިގެންނެވެ.