އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަން ތިބި ހުރިހާ ނަރުހުންނާއި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ހުރިހާ ތަޖުރިބާކާރުން ވެސް މިހާރު މަސައްކަތައް ނެރެފައިވާ ކަމަށާއި ނަމަވެސް އެއަދަދު މަދުވެ، މިހާރު ސިއްހީ ޚިދުމަތްތެރިންނަށް ޖެހިފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އެކްޓިން ހެލްތު މިނިސްޓަރ މަނީޝް ސިސޯޑިއާ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ އިތުރު ސިއްހީ ޚިދުމަތްތެރިންނަށް ބޭނުން ވެފައިވާ ކަމަށާއި ނަމަވެސް އިތުރު ސިއްހީ ޚިދުމަތްތެރިން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ އިންޑިއާގެ އެއް ސިޓީއަކީ ނިއުދިއްލީއެވެ. ހަމައެކަނި ނިއުދިއްލީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް 77000 އަށް ވުރެ ގިނައެވެ. މިހާރު އިންޑިއާ ސަރުކާރުން ލަފާ ކުރާ ގޮތުގައި ޖުލައި މަސް ނިމެން ވާއިރަށް ނިއުދިއްލީން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ބައި މިލިއަނަށް އަރާނެއެވެ.

ސިސޯޑިއާ ވިދާޅުވީ އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ބަލި ޖެހެމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވެސް އިތުރު ވަމުން ދިއުމެވެ. އެކަމުގެ ސަބަބުން ވެސް ޚިދުމަތުގައި ތިބެވޭނެ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

"މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ހޮސްޕިޓަލްތައް ފުރި ބާރުވެފައި ވުން. އަދި ސިއްހީ ޚިދުމަތްތެރިން މަދުވަމުން ދިއުން. ޚިދުމަތް ދިނުމަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުންނެއް ނެތް. އެކަމުގެ ދަތިކަން އިންތިހާއަށް މިވަނީ ކުރިމަތިވެފައި." ސިސޯޑިއާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދަން އެހެން ސްޓޭޓްތަކުން ޑޮކްޓަރުންނާއި ނަރުހުން ވެސް ގެނެވެން ނެތް ކަމަށާއި ސަބަބަކީ ހާލަތު ރަނގަޅު އެއްވެސް ސްޓޭޓެއް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަޒާ

    ނޫނޭ މޯދީ ކައިރީބުނޭ ޑޮކްޓަރުންނާއި ނަރު ހުންގެ ބަދަލުގައި ގެރި ބޭނުންކުރަން

    33
  2. ސުވަދީބް

    މާތްﷲ އަށް ޙަމްދުހުރި.. އިންޑިއާގެ ގެރި ހިންދޫން ބިމަށް ތިރިވެ ބިމުގެ ވެއްޔަށްވެގެން ދިޔުން ރަނގަޅީ..

    38
    1
  3. Anonymous

    ކޮބާ؟ ދެންވެސް ތި ކަމުން އިބްރަތް ލިބިގަންނާކަށް ނުވޭތަ؟؟؟؟؟

    39
  4. އައްޑޫ މީހާ

    ދިވެހިރާއްޖެއިން ގެންދަންވީނުން

    11
    6
  5. ނަޖީ

    ދެން އަވަހައް ސޯލިހު އަދި އަންނި މިދެމީހުންވެގެން ޑޮކުޓަރުންނާ ނަރުހުންފޮނުވަންވީނޫން ގެރިމޯދީއެއޮތީ އަތަގޮވާފަވިއްޔާ މާން ﷲ މޯދީއާ އޭނަގެ ބައިވެރިންނައް ހެޔޮގޮތެ މިންވަރު ނުކިރައްވާށި އާަމީން

    20
    1
  6. މޮޔަސޮރު

    މޯދީ ކައިރީބުނޭ ޑޮކްޓަރުންނާއި ނަރު ހުންގެ ބަދަލުގައި ގެރި ބޭނުންކުރަން

    12
  7. ކާފަ

    ސަރުކާރުން އަދިވެސް އުއްމީދުކުރަނީ އިންޑިއާއިން އެހީތެރިވާނޭ،،، ހާސްނުވާށޭ..

  8. އެމަންޖެ

    އަންނީ ގެރިޔައް ހެލްޕެއް ވައްޓާލަން ދުރުވަންވީނުންތޯ.