ސްރީލަންކާ އިން ދަރަނީގެ ގޮތުގައި އިންޑިއާ އިން ނަގާފައިވާ ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނުތާ ހަތަރު މަސް ދުވަސް ވީއިރުވެސް އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް ސްރީލަންކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އޮފިޝަލުން ވިދާޅުވީ އިންޑިއާ އިން ލަންކާއަށް ދީފައިވާ ދަރަނި ދެއްކުން ފަސްކޮށް ނުދޭނެކަން މިހާރު ގަބޫލުކޮށް، އެހެން މަގެއް ހޯދުމުގެ މަސައްކަތް ސްރީލަންކާ ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ އިން ސްރީލަންކާ އަށް ދޫކޮށްފައި އޮތް ދަރަނި 960 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެދަރަނި ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ކަރަންސީ ސްވެޕް ފެސިލިޓީއެއް އިންޑިއާ އިން ހަމަޖައްސައި ދިނުމަށް ވެސް ސްްރީލަންކާ ސަރުކާރުން ވަނީ އެދިފައެވެ. ނަމަވެސް އެކަމަށް ވެސް އިންޑިއާ އިން އާނބަސް ބުނެފައެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ އަށް ދިމާވެފައިވާ ދަތިވަގުތުގައި އިންޑިއާ ސަރުކާރުގެ އެހީއެއް ނުލިބުމުން ސްރީލަންކާ ސަރުކާރުން ވަނީ ޗައިނާގެ އެހީއަށް އެދިފައެވެ. ސްރީލަންކާ އިން އެދުނުގޮތައް ޗައިނާ އިން މިހާރު ވެސް ވެސް ވަނީ ސްރީލަންކާ އަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފައެވެ.

އަދި ސްރީލަންކާ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ވެސް ޗައިނާ އިން ވަނީ ނިންމާފައެވެ.

ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ އަކީ ޗައިނާ އާއި އެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ. ރާޖަޕަކްސަގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސަ ސްރީލަންކާގެ ވެރިކަމަށް ވަޑައިގެން އަނެއްކާވެސް ސްރީލަންކާ އާއި ޗައިނާގެ ގުޅުން އަންނަނީ ބަދަހި ކުރަމުންނެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސްރީލަންކާގެ ދަރަނި ފަސްކުރުމާއި މެދު އިންޑިއާ އިން ގޮތެއް ނުނިންމާ ދިގުދައްމަނީ ސްރީލަންކާ އިން ޗައިނާ އާއި އެކު ގާތް ގުޅުމެއް ބާއްވާތީ "އަދަބެއް" ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރާއްޖެތެރެ

    ރާއްޖެ ފުނޑާލަން އައިބައެއް މިހާރު ވެރިކަމުގަ މިހުރީ އިންޑިޔަގެ ބޭނުމްކީ ރާއްޖެ ފުނޑާލުން

    34
  2. ރަބަރޭ

    ރާއްޖެއަށް ވެސް ހަމަދޭނީ ތިލަނޑު ހަގީގީ ދަރަނިދަންތުރައަކީ ތީ

    46
  3. ކަހުރަބު

    އެންމެ ގާތް އަވައްޓެރި ޤައުމަށް ހަދާލާ ގޮތް ދެން އަހަރެމެނަށް ހެވެއް އެދޭނެތަ މި ޝިރްކް އިންޑިއާ

    41
  4. ކާފަބޭ2020

    ލަންކާ އަށްވުރެމާގިނަލާރިނަގައިގެންތިބިމީހުނަށް ގަ އުމުނުދީ ސަލާމަތްވެވިދާނެބާ؟

    27
  5. ބޯކިބާ

    ދަރަނި ދަންތުރައިގަ ޖައްސާފަ އެއޮތީ، ނުދައްކައިފިއްޔާ ޖަފުނާ އަތުލާނެ.

    18
  6. އަޑަފި

    އިންޑިއާގެ ގޮޑިކޮށްކޮ ވެރިޔަކު ނެތިއްޔާ ކޮންމެ ގައުމަކަށްވެސް އިންޑިއާއިން ހަދަނީ މިހެނެވެ. އުނގަށްވެއްޓި ބުނިގޮތެއް ނުހަދާނަމަ، އެބޭފުޅުންގެ ނުލަފާކަން ދައްކާލައެވެ.
    ލޯނުގެ ދަންތުރާގައި ޖައްސަނީ ޗައިނާއަކުން ނުނެވެ. އިންޑިއާއިންނެވެ.

    22
  7. ސޮމެޮނެ

    ހުރިހާ ލާރިއެއް ތިލަފަތަށް!!!

    19
  8. ރަސާތާނާ

    ދެން އިންޑިއާއަކަށް ލަންކާ އަތެއް ނުވާނެ! ލަންކާ ދާނީ ފަތު އަޑުކިޔާފަ އިންޑިއާ އާ ވައިވެސް ނޭޅި ތަރއްގީ މަގުގައި ކުރިއަށް. މި ރީޖަންގެ ހިންގކޮންގް އެއީ. ކުރިންވެސ އެމަގުން ދަނިކޮށް އިންޑިއާ ސިލޯނުގައި ހަގުރާމަ ކުރުވީ 30 އަހރުވަންދެން. 30 އަހަރު ފަހަތަށް ޖައްސާލީ. ތަހުޒީބުގެ ކަންފުޅެއްވެސް ނުދަންނަ އިންޑިއާ އާ ގާތްވާނީ ގެރި ވިސްނުމުގެ ގައުމުތައް. އިނޑިއާގެ ފޯކަސް މިހާރު އޮތީ ރާއްޖެ ފުނޑާލުން އަޅުވެތިކުރުން ނޫނީ ހިފުން. ވަގުތު ފާއިތު ނުވަނީސް މި އެޖެންޓް ވެރިކަން ނިމުމަކަށް ގެންނަންޖެހޭ.

    12
  9. މޯދީގެ ކާފަ

    ކޮބާ އަވަށްޓެރިޔާ ފަސްޓް ހެދިފަ ތިއޮތީ! ރާއްޖޭން ދަރަނި ފަސްކޮށްދޭން ނުވެސް އެދޭ، އެއީ ވެރިކަން ދިނީ 200މިލިޔަން މިކޮޅުންދޭގޮތަށް!

    17
  10. ޢަންސާރު

    މި ވެރިކަން ބަދަލު ކުރަންޖެހޭނީ ދަނގަޑުގެ ބާރުން ...ދިވެހިން ހޭލާ ....

    22
  11. ދަރަނި ދަންތުރަ

    ކޮބާ ކެނެރީގޭ ލާދީނީ ސޮރު ފެނޭބާ އިންޑިޔާގެ ނިންމުން އަސްލު ދަރަނިދަންތުރަ ޔަކަށްވާނީ އިންޑިޔާ ނަސީދު ހޭދެބައިވެގެން ޗައިނާ ޖެހިގަނެގެން އުޅުނަސް