ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، ލަންކާގާއި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

ލަންކާގައި ކާފިއު އުވާލާފައިވާކަން އިއުލާނުކޮށްފައި ވަނީ މިއަދުއެވެ.

އެގައުމުގެ ޕްރެޒިޑެންޓް ސެކެރެޓޭރިއޭޓްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން ލަންކާގައި ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ގައުމުން ކޮވިޑް-19ފެނުމާއެކު އިއުލާނު ކުރި ކާފިއުއަށް ދިޔައީ މީގެ ކުރިންވެސް ލުއިތަކެއް ދެމުންނެވެ. އެގޮތުން މާރިޗް މަހުގެ 20 ވަނަ ދުވަހު އެ ގައުމުގައި ކާފިއު އިއުލާނުކޮށް، ބައެއް ސިޓީތައް އޮތީ 24 ގަޑިއިރަށް ބަންދުކޮށްފައެވެ.

އެހެން ނަމަވެސް ފަހުން އެ ގައުމުގައި ބަލި ފެތުރޭ މިންވަރަށް ބަލައި،ބައެއް ސިޓީތަކުގައި ކާފިއުއަށް ދިޔައީ ލުއިތައް ދެމުންނެވެ.

އަދި މިގޮތަށް ލުއިތައް ދޭން ފަށާއި، ޖޫން 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 12:00 އިން ފަތިހު 4:00 އާށް އޮތީ ކާފިއު އިއުލާނު ކޮށްފައެވެ.އެންމެ ފަހުން މިއަދު ވަނީ ކާފިއު އެއްކޮށް އުވާލާފައެވެ.

އެ ގައުމުގައި ކާފިއު އުވާލާފައިވާއިރު، އެ ގައުމުގައި ސްކޫލްތައް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެ ގައުމުގައި ބޯޑަރު ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ލަންކާގައި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2033 މީހެކެވެ. މީގެ ތެރެއިން1639 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހިގެން މަރުވެފައި ވަނީ 11 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު