ޗައިނާގެ ނޭޝަނަލް ބައޯޓެކް ގްރޫޕް (ސީއެންބީޖީ) އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުންނަށް ދީގެން މިހާތަނަށް ކުރި ތަހްލީލްތައް ކާމިޔާބު ކަމަށާއި، މިއީ ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ވެކްސިނެއް ކަމުގެ އުއްމީދު އާވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ބެއިޖިންގެ ސީއެންބީޖީ ކުންފުނިން ބުނީ އެކުންފުނިން އުފެއްދި ވެކްސިން 1120 މީހަކަށް ދީގެން ކުރިއަށް ގެންދިޔަ ތަހްލީލްތަކުން ހާމަވެފައިވާ ގޮތުގައި ވެކްސިން ދިނުމުން ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭ އެންޓިބޮޑީ ހަށިގަނޑުގައި ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައި ވެއެވެ.

ޗައިނާ އިން މިހާތަނަށް ވަނީ އަށް ކުންފުންޏަކުން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުން ބޭނުން ކޮށްގެން ތަހްލީލް ކުރުމުގެ ހުއްދަ ދީފައެވެ.

ސީއެންބީޖީ އިން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ ނޭޝަނަލް ޕާމަސޫޓިކަލް ގްރޫޕް ސިނޮފާމް އާއި ގުޅިގެންނެވެ. މިމަހު ޗައިނާގެ އިތުރު ކުންފުންޏަކުން ވެސް ވަނީ އިންސާނުން ބޭނުން ކޮށްގެން ކުރިއަށް ގެންދާ ވެކްސިންގެ ތަހްލީލްތައް ކާމިޔާބު ވެފައިވާކަން އިއުލާން ކޮށްފައެވެ.

ސީއެންބީޖީ އިން އުފައްދާ ވެކްސިންގެ ތަހްލީލްތަކަށް ބަލާއިރު ވެކްސިންގެ ނަތީޖާ ކާމިޔާބު ކަމަށް ދައްކާފައި ވާއިރު ދެން އޮންނާނީ މިވެކްސިންގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތަކެވެ. މިހަފްތާގެ އަންގާރަ ދުވަހު ތިން ވަނަ މަރުހަލާގެ ތަހްލީލްތައް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ފެށުމަށް ސީއެންބީޖީ އިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސައިންސްވެރިން ކުރަމުން އަންނައިރު އެންމެ އަވަހަށް ވެކްސިނެއް ބޭނުން ކުރެވޭ ވަރަށް ތަރައްޤީ ކުރާނެ ގައުމަކަށް ޗައިނާ ވާނެ ކަމަށް ގިނަ ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    އަޙަލްދުލިﷲ!

    16
    1
  2. ބޮއްލަބެ

    ތިޔަ އިލްމު ޗައިނާއަށް ދެއްވި ކަމަށްޓަކައި އަލްހަމްދުލިﷲ

    22
    1
    • ރޯނުބެ

      ދެން އެމީހުން ބަދަލުގެންނަން އުޅުނު ތަންކޮޅު ބަދަލެއް ނުކުރާނެ. ހުރިހާ އިލްމެއް ހުރީ އެތަންކޮޅުގައި ގަކަން މިހާރު އެމީހުންނަށް ވެސް އެ އެނގުނީ.