މިމަހުގެ 15 ވަނަ ދުވަހު އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ދެޤައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު ޗައިނާ އިން ތައްޔާރުވަމުން ދަނީ ހަނގުރާމައިގެ ހާލަތަކަށް ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި މިގޮތަށް ތުހުމަތުކޮށްފައި މިވަނީ، އިންޑިއާ އާއި ޗައިނާ ގުޅޭ "އެކްޗުއަލް ލައިން އޮފް ކޮންޓްރޯލް (އެލްއޭސީ) ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް އިތުރު ކުރަމުންދާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާއިން ބުނެފައިވަނީ، ޗައިނާގެ މި ޢަމަލުތަކަކީ ދެޤައުމުގެ ދެމެދުގައި މީގެ ކުރިން އޮތް ނުތަނަވަސްވުންތަކާއި އެކު ކުރެވުނު ހަނގުރާމައަށްފަހު 1993 ވަނަ އަހަރު ހެދުނު ސުލްޙައިގެ އެއްބައިވުމާއި ވެސް ޚިލާފު ޢަމަލުތަކެއް ކަމަށެވެ. މި އެއްބަސްވުމާއި ޗައިނާއިން ޚިލާފުވުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށް ވެސް އިންޑިއާއިން ބުނެއެވެ.

ބިމުގެ މައްސަލައިގައި އިންޑިއާ އާއި ޗައިނާ އާއި ދެމެދުގެ މީގެ ކުރިން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި ހަނގުރާމަކޮށްފައި ވާއިރު، 1993 ގައި އެކަންކަން ހުއްޓުމަކަށް ގެނައުމަށްޓަކައި ހެދި އެއްބަސްވުމުގައި ބަޔާންކުރަނީ އެލްއޭސީ ސަރަޙައްދުގައި ދެޤައުމުންވެސް އަސްކަރީ ހަރަކާތްތައް ހިންގަން ޖެހޭނީ ވީ އެންމެ ދަށްކޮށް ކަމަށެވެ.

ޗައިނާ އިން ބޯޑަރު ސަރަޙައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް އަސްކަރީ ހަރަކާތްތައް އިތުރުކުރުމާއެކު ސިފައިން އެ ސަރަޙައްދަށް ޖަމާކުރަމުން މިދަނީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހަކީ މި ދެޤައުމުގެ ދެމެދުގައި މިދިޔަ 45 އަހަރު ތެރޭގައި ވެސް އެންމެ ބޮޑު ކުރިމަތިލުން ހިނގި ދުވަހެކެވެ.

އިންޑިއާ ސިފައިން ޤަވާއިދާ ޚިލާފަށް ޗައިނާ ސަރަޙައްދަށް އެރުމުން ހިނގި މި ކުރިމަތިލުންތަކުގައި ހަތިޔާރު ބޭނުންކޮށްފައި ނުވެއެވެ. ނަމަވެސް ޗައިނާ ސިފައިން އިންޑިއާ ސިފައިންނަށް ގަލުން ދިން ހަމަލާތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެ 70 މީހަކު ޒަޚަމްވިއެވެ. މި ކުރިމަތިލުމުގައި ޗައިނާ ސިފައިންގެ މީހަކު މަރުވެފައެއް ނުވެއެވެ.

މި ހާދިސާ އަށްފަހު އިންޑިއާ އިން ވަނީ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެޤައުމުން ޗައިނާގެ އިސް އޮފިޝަލުންނާއި ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުސައިދު

    އަންނި ކަމަށްވަނީ މޯދީ އަށް ހަނގުރާމައިގެ ލަފާ އަރުވަނީވެސް..

    28
    2
  2. ރާއްޖެތެރެ

    އިންޑިޔާ ފުނޑާލަން ޖެހޭ.

  3. ފާއިޒު

    އިންޑިއާ އާއި ޗައިނާ ގުޅޭ "އެކްޗުއަލް ލައިން އޮފް ކޮންޓްރޯލް (އެލްއޭސީ) ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް އިތުރު ކުރަމުންދާކަން ހާމަވުމުން،އިންޑިއާއިން ބުނެފައިވަނީ، ޗައިނާގެ މި ޢަމަލުތަކަކީ ދެޤައުމުގެ ދެމެދުގައި މީގެ ކުރިން އޮތް ނުތަނަވަސްވުންތަކާއި އެކު ކުރެވުނު ހަނގުރާމައަށްފަހު 1993 ވަނަ އަހަރު ހެދުނު ސުލްޙައިގެ އެއްބައިވުމާއި ވެސް ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
    އެ އެއްބަސް ވުމުގައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް އޮތީ ޗައިނާގެ ސަރަހައްދަށް އިންޑިޔާ ސިފައިން ވަނުން ބާވައެވެ؟!